އިންޓަނޭޝަނަލް ޕޭމަންޓްގެ ގޭޓްވޭގެ ހިދުމަތް ފެށުމަށް އޮކްޓޯބަރު މަހު ޓެސްޓިންގ ފޭސްއެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރ އަބްދުﷲ ވަހީދު ހުށައެޅުއްވި ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާއި ގުޅޭ ބިލާ ގުޅިގެން އިތުރު މައުލޫމާތު ދެއްވުމަށް މަޖިލީހަށް ވަޑައިގެން، ގަވަރުނަރު ވިދާޅުވީ އިންޓަރނޭޝަނަލް ޓްރާންސެކްޝަންސް ގްލޯބަލްވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގައި ޓެސްޓިންގ ފޭސް ކުރިއަށް ގެންދިއުމަށް ފަހު ކަމަށެވެ.
އިންޓަރނޭޝަނަލް ޓްރާންސެކްޝަންސް ގްލޯބަލްވާނެ ދުވަހަކަށް މިހާރު މި ބަލަނީ އޮކްޓޯބަރ ގެ ކުރިން ޓެސްޓިންގ ފޭސްއެއް ފަށާނަން. ޓެސްޓިންގ ފޭސް ފަށާފައި އޮކްޓޯބަރު މަހުން ފެށިގެން ހަ މަސްދުވަސް ނަގާނެ ސިސްޓަމްތަކުގައި ހުރި ކަންތައްތައް ނުވަތަ ހައްލުކުރަންޖެހޭ އިޝޫސްތަކެއް ދިމާވެއްޖިއްޔާ އިޝޫސްތައް ހައްލުކޮށް، އޭގެފަހުން އަޅުގަނޑުމެން ރެޑީވާނީ އިންޓަރނޭޝަނަލް ޕޭމެންޓްސް އާއި ގުޅާލަން، އިންޓަރނޭޝަނަލް ޕޭމެންޓްސްއާއި ހަމަ ގުޅުވުމުން އަންނަ ޕްރެޝަރ ތަންކޮޅެއް ރާއްޖެއަށް ބޮޑުވެދާނެތީ ހުޅުވާ ހިސާބުން އަޅުގަނޑުމެން ނުނަގާނަން.މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް
ސިސްޓަމްގައި ހުރި މައްސަލަތައް ދެނެގަނެ ހައްލުކުރުމަށް ހަ މަސްދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގަވަރުނަރު ވިދާޅުވީ އިންޓަރނޭޝަނަލް ޕޭމެންޓްސްއާއި ގުޅާލުމަށް ތައްޔާރުވާނީ މި ޓެސްޓިންގ ފޭސް ނިމުމުން ކަމަށެވެ.
މި ނިޒާމު ރާއްޖޭގައި ގާއިމުކުރެވުމުން ރާއްޖޭގެ ގައުމީ ޕޭމެންޓް ސިސްޓަމާއި އެހެނިހެން ގައުމުތަކުގެ ޕޭމެންޓް ސިސްޓަމްތަކާއި ގުޅާލެވޭނެއެވެ.