ކ. މާލެ
|
19 އޮކްޓޯބަރ 2020 | ހޯމަ 13:55
މީގެ ކުރިން ފުނަދޫގައި ބޭއްވި ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން
މީގެ ކުރިން ފުނަދޫގައި ބޭއްވި ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން
ސޯޝަލް މީޑިއާ
ފުނަދޫގައި ބާއްވާ ވޮލީބޯޅަ ކޭމްޕް
ފުނަދޫ ޒުވާނުންނަށް ވޮލީބޯޅަ ކޭމްޕެއް ބާއްވަނީ
މި ކޭމްޕުގައި ބައިވެރިވެވޭނީ 15 އަހަރާއި 22 އަހަރާ ދެމެދުގެ ޒުވާނުންނަށް
މި ކޭމްޕުގައި ކޯޗުކަން ކޮށްދޭނީ ތަޖުރިބާކާރު ކޯޗު އިބްރާހީމް ޖަލީލު

ށ. ފުނަދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގެ ޒުވާނުންނަށް ވޮލީބޯޅަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ފުނަދޫ ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހީމްފުޅު ވިދާޅުވީ ކައުންސިލުން އިސްނަގައިގެން ވޮލީބޯޅަ ކޭމްޕެއް ބާއްވަން ނިންމީ ކޮވިޑް-19 ގެ މިހާލަތުގައި އެ ރަށު ޒުވާނުން ކަމެއް ނެތި ތިބުމުގެ ބަދަލުގައި، ކުޅިވަރުތަކުން ކުރިއަރައި ދިއުމުގެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މި ކޭމްޕުގެ ސަބަބުން ފުނަދޫގައި ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިންތަކެއް އުފެދިގެން އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަޙުމަދު އިބްރާހީމްފުޅު އިތުރަށް ވިދާޅުވީ މި ކޭމްޕަކީ ދެ ޖިންސުގެ ޒުވާނުންނަށްވެސް ހުޅުވާލެވިގެން ބާއްވާ ކޭމްޕެއް ކަމަށާއި، މި ކޭމްޕުގައި ބައިވެރިވެވޭނީ 15 އަހަރާއި 22 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. އަދި މި ކޭމްޕުގައި ކޯޗުކަން ކޮށްދޭނީ ތަޖުރިބާކާރު ކޯޗު އިބްރާހީމް ޖަލީލު ކަމަށްވެސް ވިދާޅުވިއެވެ.

ފުނަދޫ އަކީ އަތޮޅު ފެންވަރުގައި ވޮލީބޯޅައިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރަށެކެވެ. އަދި އެ ރަށުގައި ރަށު ފެންވަރުގެ ވޮލީ މުބާރާތްތައް މިހާރުވެސް އަންނަނީ ބާއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް