ކ. މާލެ
|
19 އޮކްޓޯބަރ 2020 | ހޯމަ 12:28
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު؛ އެރަށް ވަނީ 4 ވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ލާފައި
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު؛ އެރަށް ވަނީ 4 ވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ލާފައި
ޙުސައިން މަޚްތޫމް
ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް
ކުޅުދުއްފުށީގައި ކޮވިޑްގެ ލޯކަލް ޓްރާންސްމިޝަނެއް!
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް ދަނީ އަޅަމުން
ރޭންޑަމް 2 ސާމްޕަލަކާއި ކޮންޓެކްޓްވި 4 މީހަކު ވަނީ ޕޮޒިޓިވްވެފައި

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް އުޅޭ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޅުދުއްފުށި ސިޓީން މި މަހުގެ ފެނިފައިވާ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދެވުނު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 17 ވަނަ ދުވަހުގެ ރޭ 4 ކޭސްއެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެ ރަށުގައި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ ޓާސްކް ފޯސްއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް ޓީމާއި އެކު މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޝްވަރާތަކެއް ކުރެވި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދީފައިވާ ކަމަށެވެ. އަދި މިހާތަނަށް ފެންނަ ގޮތުގައި ރަށުގައި ވަނީ ލޯކަލް ޓްރާންސްމިޝަނެއް ހިންގާފައި ކަމަށް ޑރ. ނަޒްމާ ވިދާޅުވިއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯމަ ދުވަހުގެރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކުޅުދުއްފުށިން އިތުރު 4 މީހަކު އާދީއްތަ ދުވަހު ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި 4 މީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ މީހުންނެވެ. މިއާއެކު އެ ސިޓީގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 11ށް އަރާފައެވެ. މި 11 ކޭސްގެ ތެރޭގައި ހިމެނެނީ 8 ކޮންޓެކްޓުންނާއި، ރެންޑަމް 2 މީހަކާއި އަލާމާތްތައް ފެނިގެން ޓެސްޓް ކުރި އިރު ޕޮޒިޓިވްވި އެކެކެވެ.

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށް ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެނބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ކުޅުދުއްފުށީގައި ކޮވިޑް-19 ގެ ކޭސްތައް ފެންނަމުންދާތީވެ، ހޮނިހިރު ދުވަހުގެ ރޭ 22:35ން ފެށިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ރަށުގައި އިއުލާން ކޮށްފައިވާ މޮނީޓަރިންގ ހާލަތު ވަނީ އިތުރު ކޮށްފައެވެ. މިއީ އެ ރަށުގައި މޮނީޓަރިންގ ހާލަތު އިތުރު ކުރެވުނު ހަތަރު ވަނަ ފަހަރެވެ.

- ކޮމެންޓް
19 އޮކްޓޯބަރ 2020 | ހޯމަ 13:49
މިތާކު ނެތް ރެންޑަމް ސާމްޕަލްއެއް ފައްސި ވެފައެއް. ޙަމަ ހާއްސަ ހުއްދައިގެ ދަށުން މިތަނައް ފުލުހުން ފޮނުވައިގެން ސަރުކާރުން މިތަން ފުނޑާލީ، މާލެ ނޫން ގޮތެއް ހޯދީމަ. އެމްޑީޕާ ސަރުކާރު ފެއިލް. ނިކަން ކެރެންޔާ މި ކޮމެންޓް ޕަބްލިޝް ކޮއްބަލަ..
19 އޮކްޓޯބަރ 2020 | ހޯމަ 13:05
ޟަމް
އެއީ ސިޓީޢެއްތަ.