ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 22:43
ކޮވިޑް-19ގެ ކޭސްތައް ރިޕޯޓު ކުރާ މިންވަރު ދަށްވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅަށް ފަރުވާ ކުޑަ ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައި
ކޮވިޑް-19ގެ ކޭސްތައް ރިޕޯޓު ކުރާ މިންވަރު ދަށްވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅަށް ފަރުވާ ކުޑަ ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19ށް ޕޮޒިޓިވްވުން
އިތުރު 32 މީހަކަށް ކޮވިޑް ޖެހުނު އިރު، 67 މީހެއްގެ ބަލި ފަސޭހަ ވެއްޖެ
އާދިއްތަ ދުވަހު 21 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން
މި ވަގުތު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 39
1002 އެކްޓިވް ކޭސް ހިމެނޭ

ކޮވިޑް-19 އަށް އިތުރު 32 މީހުން ޕޮޒިޓިވްވެ 67 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް 32 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ ޓެސްޓު ކުރި 1252 ސާމްޕަލްގެ ތެރެއިންނެވެ.

ޕޮޒިޓިވްވި 32 މީހުންގެ ތެރެއިން 21 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 11 މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. އެއީ 27 ދިވެހިންނާއި، އެހެނިހެން ގައުމުތަކަށް ނިސްބަވްވާ 5 މީހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މި ވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1002 މީހެކެވެ. އޭގެ ތެރެއިން 348 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި 39 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ރާއްޖޭގައި މިހާތަނަށް ޖުމްލަ 11،210 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 10،164 މީހަކު ބަލިން ފަސޭހަވެފައިވެއެވެ. އަދި 37 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ކޮވިޑް-19ގެ ކޭސްތައް ވަރަށް މަދުން ރިޕޯޓު ކުރެވުނު ކަމުގައިވީ ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް އެޗްއީއޯސީން އިލްތިމާސްކޮށްފައިވެއެވެ. ބަލީގެ ގޮތުން ފެތުރިގެން ދިއުމުގެ ބިރު އަދިވެސް އެބަ އޮތް ކަމަށް އެޗްއީއޯސީން ބުނެއެވެ.

- ކޮމެންޓް