ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 22:46
ކުޅުދުއްފުށި ސިޓީ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި
ކުޅުދުއްފުށި ސިޓީ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި
ޓްވިޓަރ
ކޮވިޑް-19: ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފި
ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ބޯލެބުމަށް އިލްތިމާސްކޮށްފައިވޭ
ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އެދިފައިވޭ
ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކޮށްފައިވޭ

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފިއެވެ.

ކުޅުދުއްފުށި ކައުންސިލުން ވަނީ ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުން ދާތީ ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެނބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ބުނީ ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އެދޭ ކަމަށާއި، ބޭރަށް ނުކުންނަނަމަ މާސްކު އަޅައި ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، ކައުންސިލުން ބުނީ މިސްކިތަށް ދިއުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ އެންގުންތަކަށް ބޯލެބުމުގެ ގޮތުން، މާސްކު އެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމާއި، ކުޑަކުދިންނާއި މުސްކުޅިން ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުމަށް އެދޭ ކަމަށެވެ. އަދި ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ބުނެ އެހެން އެކަން ކުރުމަށް ރައްޔިތުންގެ ގާތު ވަނީ އެދިފައެވެ.

އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުމަށް އިލްތިމާސްކޮށްފައިވާއިރު، ކުޅުދުއްފުށީގައި ކޮވިޑް-19 ގެ ކޭސްތައް ފެންނަމުންދާތީވެ، ހޮނިހިރު ދުވަހުގެ ރޭ 22:35 އިން ފެށިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ރަށުގައި އިއުލާންކޮށްފައިވާ މޮނީޓަރިންގ ހާލަތު ވަނީ އިތުރުކޮށްފައެވެ. މިއީ އެ ރަށުގައި މޮނީޓަރިންގ ހާލަތު އިތުރު ކުރެވުނު ހަތަރުވަނަ ފަހަރެވެ.

- ކޮމެންޓް