ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 23:19
މިވަގުތު އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުން ދަނީ ޔޫރަޕުގެ ގައުމުތަކުގައި
މިވަގުތު އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުން ދަނީ ޔޫރަޕުގެ ގައުމުތަކުގައި
އޭއެފްޕީ
ކޮވިޑް-19 ޕެންޑެމިކް
މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 40 މިލިއަނަށް!
މި ވައިރަސް ވަނީ މިހާތަނަށް ދުނިޔޭގެ 217 ގައުމަކުން ފެނިފައި
މިހާތަނަށް ކޮވިޑުގެ އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވާ ގައުމަކީ އެމެރިކާ
ދެވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައި ވަނީ އަވަށްޓެރި އިންޑިއާއިން

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 40 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ގެންދާ ވޯލްޑޮމީޓަރސްގެ އެެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ 40،000،081 އަށް އަރާފައެވެ. އަދި މީގެ ތެރެއިން 1،115،154 މި ބަލީގައި މަރުވެފައިވާ އިރު، 29،919،338 މީހުންގެ ބަލި ވަނީ ފަސޭހަވެއެވެ.

ވަކިވަކި ގައުމުތަކުގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑުގެ އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެ ގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ އަށް މިލިއަން ފަހަނައަޅާ ގޮސްފައެވެ. ދެވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވާ އިންޑިއާއިން، ހަތް މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.

އެންމެ ހަލުވި މިނުގައި ބަލި ފެތުރެމުން އަންނަ ސަރަހައްދަށް ބަލާއިރު، އަނެއްކާ ވެސް ޔޫރަޕުގައި ބަލި ފެތުރޭ އަދަދުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އެކަނި ވެސް ދުވާލަކު 140،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިގެން ޔޫރަޕުގެ ގައުމުތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް