ކ. މާލެ
|
16 އޮކްޓޯބަރ 2020 | ހުކުރު 17:55
ވިއްސާރަ ދުވަހެއްގެ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް
ވިއްސާރަ ދުވަހެއްގެ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފި
ވައިޓް އެލަރޓް ނެރެފައިވަނީ 3:00 އިން ހުކުރު ދުވަހުގެ ރޭ 9:00 އަށް
ކަނޑުތައް ގަދަވާނެކަމަށް މައުލޫމާރުދޭ
މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ވައިޓް އެލާރޓް ނެރެފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހުކުރު ދުވަހުގެ ރޭ 9:00 އަށެވެ.

އެއިދާރާއިން ނެރެފައިވާ ވައިޓްއެލާރގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށާއި ރާޅުގެ އުސްމިނުގައި 5-8 ފޫޓު ހުންނާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުކުރު ދުވަހުގެ ހެނދުނު 10:00 އިން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް ވަނީ ބުނެފައެވެ. އަދި ދެކުނުގެ އެކި ހިސާބަށް ކެރިއާއެކު ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވެއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް