ތ. ވިލިފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެރަށުގައި މީހުން ދިރިއުޅޭ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި ކަމަށާ އަދި އެއީ 36 އަހަރުގެ މީހަކާ 26 އަހަރުގެ މީހެެއްކަމަށެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ 36 އަހަރުގެ މީހާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާގެ ބައެއް ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 36 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްެރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމާއެކު 26 އަހަރުގެ މީހާ ވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ 15 ދުވަސް ވަންދެން ރަށުން ނުދިއުމަށް ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެެވެ.