ކ. މާލެ
|
15 އޮކްޓޯބަރ 2020 | ބުރާސްފަތި 14:36
ނިއު ޒީލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމު
ނިއު ޒީލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމު
ގެޓީ އިމޭޖަސް
އިންގްލެންޑާއި ނިއު ޒީލެންޑް މެޗު ކެންސަލް ކުރުން
އިންގްލެންޑާ ދެކޮޅަށް ކުޅެން ދަތުރު ނުކުރަން ނިއު ޒީލެންޑުން ނިންމައިފި
މި މެޗު ތާވަލުކުރީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް
މެޗު ކުޅެން ދަތުރު ނުކުރަން ނިއު ޒީލެންޑުން ނިންމީ ކަރަންޓީނުވާން ޖެހޭނެތީ

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅެން ހަމަޖެހުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ކުޅެން ދަތުރު ނުކުރަން ނިއު ޒީލެންޑުން ނިންމައިފިއެވެ.

ވެމްބްލީގައި ކުޅެން މި މެޗު ތާވަލުކުރީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ.

އެކަމަކު ނިއު ޒީލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ އިންގްލެންޑަށް ދަތުރުކުރުމަށްފަހު އެނބުރި ގައުމަށް އަންނައިރު ކަރަންޓީނުވާން ޖެހޭނެ ކަމަށާއި، އެހެން ކަމުން ކުޅުންތެރިންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެތީ، އެ މެޗު ކުޅެން ދަތުރު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު އެ މެޗު މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

މީގެ އިތުރުން ނިއު ޒީލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ އެންމެ ބޮޑު އިސްކަމެއްދޭނީ ކުޅުންތެރިންގެ ސިއްހަތަށް ކަމަށާއި، ކުޅުންތެރިންގެ ސިއްހަތާ މެދު އެއްވެސް ރިސްކެއް ނަގަން އެ އެސޯސިއޭޝަނުން ބޭނުންނުވާ ކަމަށެވެ.

އިންގްލެންޑް މެޗު ކެންސަލް ކުރިއިރު، ނިއު ޒީލެންޑުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅެފައެއް ނުވެއެވެ. މިއަހަރު ނިއު ޒީލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނެރުނު ކަލަންޑަރުގައި އެކުވެރިކަމުގެ ގިނަ މެޗުތަކެއް ހިމަނާފައިވީ ނަމަވެސް، މީގެ ތެރެއިން ގިނަ މެޗުތަކެއް ވަނީ ކޮވިޑް-19 ގެ ސަބަބުން ކެންސަލް ކޮށްފައެވެ.

އޭގެ ބަދަލުގައި އިންގްލެންޑުން ދާދި ފަހުންވެސް ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެގޮތުން މި މަހުގެ ނުވަވަނަ ދުވަހު އިންގްލެންޑުން ވަނީ ވެމްބްލީގައި ވޭލްސްއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުން އިންގްލެންޑް މޮޅުވީ 3-0 ންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް