ރީތި ސިއްހަތު ރަނގަޅު ހަށިގަނޑެއް ލިބުމަށް ކޮންމެ މީހަކުވެސް ބޭނުން ވާނެއެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ކަސްރަތު ކުރުމަށް ވުރެ ޑައިޓް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެއެވެ. އެކި މީހުން ގަބޫލް ކުރާގޮތް ތަފާތެވެ. ރަނގަޅު ގަތަކީ ކޮބައިކަން އެރޮނގުން ހަރަކާތްތެރިވާ ފަރާތެއްގެ އެހީގައި އެނގެން ބޭނުން ވާނެއެވެ.
ފިޓްނަސްގެ ދާއިރާގައި 6 އަހަރަށްވުރެ ގިނަދުވަސް ހޭދަކުރަމުންދާ، ރިވައިވްގެ ގްރޫޕް ފިޓްނަސް މެނޭޖަރ އަދި ފާސަނަލް އިންސްޓްރަކްޓަރެއްގެ އިތުރުން ޖިމްގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ މަސައްކަތް ކުރަމުން އަންނަ ޒައިނަބް މަންސޫރު ގަބޫލްކުރާ ގޮތުގައި ޑެއިޓް ކުރުމަކީ އޮންނަ އެއްޗެއް ނޫން ކަމަށާއި، އޭގެ އިތުރުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަތާއި އެއްވަރަށް ހަށިގަނޑަށް ފައިދާ ހުރި ކާނާއަކީވެސް މުހިންމު އެއްޗެއް ކަމަށް އޭނާ ފާހަގަކުރެއެވެ.
އެންމެ ކުޑައިރުން ފެށިގެން ދުވުމާއި ކަސްރަތަށް ލޯބި ޖެހި ފިޓްނަސްގެ ދާއިރާއިން ކުރި އަރަމުން އަންނަ ޒައީ ބުނެފައިވަނީ ނުކައި ހުރުމުން ނުހިކޭނެ ކަމަށާއި، ހިކެން ބޭނުންނަމަ ކަސްރަތު ކުރުމަކީ ކޮންމެ މީހެއްގެ ޑްރީމް ބޮޑީއަށް ވާސިލް ވުމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމުގައެވެ.
ފިޓްނަސްގެ ދާއިރާއަށް 2014 ވަނަ އަހަރު ނުކުތް ޒައީ ވަނީ މި ދާއިރާއިން ވަރަށް ގިނަ ތަމްރީންތައް ވެސް ފުރިހަމަކޮށްފައެވެ. އެގޮތުން އެންމެ ގިނަ ބަޔަކު އެންމެ ޝައުގުވެރިކަމާއެކު މަޖާ މާހައުލެއްގައި ކުރަމުން އަންނަ ކަސްރަތެއް ކަމުގައިވާ ޒުމްބާ މާލެއިން ޒައީ ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު، މުމްބާއިން ވަނީ ސްޓްރޯންގް ބައި ޒުންބާގެ ތަމްރީންތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.
ބޮޑީ ޕަންޕްގެ ތަމްރީން ހާސިލް ކޮށްފައިވާނީ ބާލީންނެވެ. ކަސްރަތަކީ ހަމަ އެކަނި ބޮޑެތި މީހުންނަށް ހާއްސަ ކުރެވިފައިވާ ކަމަށް ނުވާއިރު ޒައީވަނީ މެލޭޝިއާއިން ކިޑްސް ޒުމްބާގެ ކޯސްތަކެއްވެސް ފުރިހަމަ ކޮށްފައެވެ. އަދި ޕްރެގްނަންސީ ޕްރީ އެންޑް ޕޯސްޓް ނާސަލް (މާބަނޑު ދުވަސްވަރާއި ވިހައިގެން ކުރެވޭ ކަސްރަތު) މެލޭޝިއާއިން ފުރިހަމަ ކޮށްފައެވެ.
ނިއުޓްރިޝަން ކޯސްވެސް ފުރިހަމަ ކޮށްފައިވާ ޒައީ ބުނީ ބައެއް މީހުން ކަސްރަތު ކުރަނީ ފަލަވާތީ އާއި ބަރުދަން ލުއިކުރުމަށް ކަމަށްވާއިރު، ހަށިގަނޑު ހިކިކޮށް ތިބޭ މީހުންނަށް ފަލަވުމަށް ވެސް އެހީތެރިކަން ފޯރު ކޮށްދޭކަމަށެވެ.
ފިޓްނަސްގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަށް ހިއްސާ ކުރަމުން ޒައީ ބުނީ ބައެއް މީނުން ކުރިއެރުމަށް ހުރަސްއަޅަން މަސައްކަތް ކުރަމުންދާ ކަމަށާއި، ކަންތައްތަށް ނުވާނެ ކަމަށްވެސް ބުނެ އުޅޭކަމަށެވެ. އެގޮތުން އެހާ ޅަ އުމުރުގައި ކުރިއަރައިގެން ދަނީ މާ އަވަހަށޭ ބުނެ އަދި ހުރިތަނަށް ކަނޑާ ވެއްޓޭނެ ކަމަށް އިންސްޓަރަކްޓަރެއް ޒައީއާ ދިމާ އަށް ބުނެފައިވާތީ އަބަދުވެސް އެ ވާހަކަ ހަނދާނުގައި ހުންނަކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް މި ފަދަ ބަސްތަކުން ޒައީގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަކަމަށް ވެއެވެ. އެފަދަ ބަސްތަކުން ޒައީ އަށް ލިބެނީ އިތުރު ހިތްވަރެއްކަމަށާއި، ކުރިއެރުމަށް ޒައީ ބޭނުންވަނީ
އެހެންމީހުންގެ ފާޑުކިއުން ކަމަށްވެސް ޒައީ ފާހަގަ ކުރެއެވެ. އަދި އެފަދަ ފާޑުކިއުންތައް ބަލައިގަންނަނީ ވަރަށް އުފަލާއި އެކު ކަމަށްވެސް ޒައީ ވަނީ ބުނެފައެވެ. ޒައީ ދެކޭ ގޮތުގައި ކޮންމެ ކަމެއް ވެސް ކުރުމަށް ބޭނުންވަނީ ހިތްވަރާ އަޒުމެވެ..
ގިނަ މީހުންނަށް ހީވެފައި އޮންނަނީ ކަސްރަތު ކުރުމަކީ ހަމަ އެކަނި ފަލަ މީހުން ކުރަންޖެހޭ ކަމެކޭ، އެކަމަކު ހަށިގަނޑު މާބޮޑަށް ހިކުމުން ފަލަވާން ބޭނުން ވެގެން ޒައީމެން ކައިރިއަށް އައީމަ ހުންނާނެ އެހީތެރި ވެދީފައި. ޒައީ ވަރަށް އުފާވި ދުހަހެއް އެއްވެސް ވަރަކަށް ނުހިކޭނެ ކަމަށް ދެކުނު ކުއްޖެއް ޒައީގެ އިރުޝާދުގެ ދަށުން މަސައްކަތް ކޮށް 30 ކިލޯ ލުއިކޮށްލެވުމުން، ހިކެން ބޭނުންވާ ކުދިންނަށް ޒައީ ބުނެލާނީ ހިކެން ބޭނުން ވާ ކުދިން އުންމީދު ކަނޑާ ނުލާ ޒައީ ކައިރިއަށް އަންނާށޭ އެހީވެދޭނަމޭ. އެއްވެސް މީހަކު ނާއުންމީދު ކޮށްނުލާނެން. އަދި ހިކިގެން އެނބުރި ދާ ކުދިންނަށް ބޮޑީ މެއިންޓެއިން ކުރުމަށް ޓިޕްސް ދެމުންވެސް ދަން~ ޒައިނަބް މަންސޫރު
މިދާއިރާއިރާ އަކީ ރަނގަޅު އާމްދަނީ އެއް ލިބޭ މަސައްކަތަކަށް ވާއިރު، އަންހެން ކުއްޖަކަށް ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު މަސައްކަތެއް ކަމަށްވެސް ޒައީ ފާހަގަ ކުރެއެވެ.
ކޮންމެ ދާއިރާ އެއްގައި މަސައްކަތް ކުރިކަމުގައިވިޔަސް ފާޑުކިއުން ތާކާ ގިނަ ގުނަ ގޮންޖެހުން ތަކެއް ހުންނާނެ ކަމަށާއި، ކޮންމެ ކަމެއްގައި ހިތްވަރާއެކު މަސައްކަތް ކޮށް އަމިއްލަ ނަފްސަށް އިތުބާރު ކުރުމުން ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ ކަމަށް ވެސް ޒައީ ފާހަގަ ކުރި އެވެ.
މިހާ ހިސާބަށް އާދެވުނީ މާތް ﷲގެ ހެޔޮރަހްމަތް ފުޅުން، އެހެންވެ މާތް ﷲށް ހަމްދާއި ޝުކުރު ކުރަން، މި މަސައްކަތުގައި ކުރިއަށް ދިއުމަށް ފިރިމީހާ އާއި މަންމަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ފާގަކުރަމުން ޒައީ ބުނީކޮންމެ ކަމެއްވެސްގައިވެސް ވަރަށް ހިތްވަރު ދޭކަމަށް އަދި ފިރިމީހާގެ އާއިލާގެ ސަޕޯޓް ވެސް ވަރަށް ރަނގަޅު ކަމަށާއި ރައްޓެހިންގެ ފަރާތުން ލިބޭ އެހީތެރިކަން ވެސް ފާހަގަ ކޮށް ސުކުރު އަދާކުރާކަށެވެ.
އަދި މިއަދު ޒައީއަށް ލިބިފައި މިވާ ކާމިޔާބުގެ އަސްލަކީ ރިވައިވް ގެ ވެރިފަރާތް ކަމުގައި ވާ ނޫރާ ކަން ފާހަގަ ކޮށް އެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ޝުކުރު ހައްގު ކަމުގައި ބުނެފައިވެއެވެ