ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުޤީޤު ނިންމައި ދައުވާކޮށްދިނުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ފޮނުވި ލިސްޓުގައި ހިމެނެނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއާއި، އިތުރު 10 މީހެއް ކަމަށް އޭސީސީން ބުނެފިއެވެ.
އެކަމާ ގުޅޭގޮތުން ބުދަ ދުވަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގައި ދައުވާ ކޮށްދިނުން އެދި ފޮނުވާފައިވަނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނުގެ އިތުރުން، މައްސަލައިގައި ހިމެނޭ އިތުރު 10 މީހެއްގެ މައްޗަށް ކަމަށެވެ.
ދައުވާ ކޮށްދިނުން އެދި ފޮނުވާފައިވާ ލިސްޓް:
- ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ / ކ.މާލެ، ފާޠިމަތު ލިމްޔާ
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް
- މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު
- މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ހަފީޒް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙުސައިން ނިޔާޒް
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު ގއ.ދާންދޫ / ހަނދުވަރީވާދީ
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ކ.ގުރައިދޫ / ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ
- ިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ
އޭސީސީން މި މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެގޮތުން މި މައްސަލައިގައި ހޯމަ ދުވަހުގެ ނިޔަލަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.