ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 23:24
ދިރާގު މައި އޮފީސް
ދިރާގު މައި އޮފީސް
ގޫގުލް
ދިރާގު
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
ރަޖިސްޓްރޭޝަން ހުޅުވާފައި ހުންނާނީ މިރޭ 19:30 އިން 20:15 އަށް

ދިރާގުގެ 28 ވަނަ އަހަރީ އާންމު ޖަލްސާ 20 އޭޕްރިލް 2017 މިރޭ 20:30 ގައި ނޭޝެނަލް އާޓް ގެލަރީގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

 

މި ޖަލްސާގައި ބައިވެރިވުމަށް ހިއްސާދާރުންގެ ރެޖިސްޓްރޭޝަން ހުޅުވާފައި ހުންނާނީ މިރޭ 19:30 އިން 20:15 އަށެވެ.  މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި 2016 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އަހަރީ އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅައި ފާސްކުރުމާއި  2016 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުން އޮންނާނެ އެވެ.    ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް "ޕަބްލިކް

ޑިރެކްޓަރ" އިންތިޚާބް ކުރުމާއި އައްޔަނު ކުރުމާއި ކުންފުނީގެ2017 ވަނަ މާލީ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި ކޭ.ޕީ.އެމް.ޖީ އައްޔަނުކުރުމަށް ފާސްކުރުން ކުރިއަށްދާނެ އެވެ.

 

މީގެ އިތުރުން 2017 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައެޅާ ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުންވެސް ކުރިއަށްދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް