Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 20:18
ބަޔަކު ކާޑު ބަސްތާތަކެއް ދޯންޏަކަށް ބަރުކުރަނީ
ބަޔަކު ކާޑު ބަސްތާތަކެއް ދޯންޏަކަށް ބަރުކުރަނީ
ގޫގުލް
އެސްޓީއޯ
އިންތިހާބާއި ދިމާކޮށް ކާޑާއި ތެލުގެ އަގު ހެޔޮކުރަން ނިންމައިފި
ހަނޑޫ ހަކުރުން 15 ޕަސެންޓް ވަނީ ހެޔޮކޮށްފައި
ފުށުން 12 ޕަސަންޓް
ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި ހެޔޮ ކުރަން ވަނި ނިންމާފައި

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކާޑާއި ތެލުގެ ބާވަތްތަކުން އަގު ހެޔޮކުރަން ނިންމައިފި ކަމަށް އެސްޓީއޯއިން ހާމަކޮށްފި އެވެ.

 

އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަނޑޫ ހަކުރުން 15 ޕަސެންޓް އަދި ފުށުން 12 ޕަސަންޓް ވަނީ އަގުހެޔޮ ހެކޮށްފައެވެ.

 

ކާޑުގެ ބާވްތަކުގެ އަގު އުފުލިގެން ދިޔައީ އެތައް ޒަމާނެއް ވަންދެން ސަބްސިޑީ ދީގެން ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައި އޮތް އޮތުން ބަދަލުކޮށް ސަބްސިޑީގެ އުސޫލަށް ބަދަލު ގެނައުމުންނެވެ. އެ ގޮތުން ކުރިން އެންމެންނަށް ލިބުނު ސްބަސިޑީ މިހާރު ލިބެމުން އަންނަނީ އެންސްޕާ އަށް ހުށަހަޅައިގެން ވަކި ޝަރުތުތަކެއް ހަމަވާ ނަމައެވެ. 

 

މީގެ އިތުރުން ތެލުގެ އަގު ހެޔޮ ކުރަންވަނީ ނިންމާފައެވެ.  އެގޮތުން  ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި ހެޔޮ ކުރަން ވަނި ނިންމާފައެވެ. އެސްޓީއޯ އިން އާންމު ގޮތެއްގައި ތެލުގެ އަގަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ. ތެލުގެ އަގު ހެޔޮކުރަން އެސްޓީއޯ އިން ނިންމި އިރު މި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އުފުލެމުންނެވެ. 

 

 

އެސްޓީއޯ ހެޑް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ކާޑުގެ ބާވަތުގެ ގޮތުގައި ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ތެލުގެ ބައެއް ބާވަތްތަކުން އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ޑިސްކައުންޓެއް ދޭނެ ކަމަށެވެ.

 

 

ކާޑުން ސަބްސިޑީން ބައެއް ކަނޑާލުމާއި ގުޅިގެން މީގެ ކުރިން 3.98 ރުފިޔާއަށް ވިއްކަމުން އައި ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް ވަނީ އުފުލިފަ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކަމުން އައި ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ވިއްކަމުން އައި ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް ވަނީ އުފުލިފައެވެ.

 

 

އަލަށް ގެނައި ބަދަލާއެކު ހަނޑުލާއި ހަކުރު ބަސްތާއަކުން 60 ރުފިޔާ އަގުހެޔޮ ވެގެންދާނެއެވެ. އަދި ފުށް ބަސްތާއެއްގެ އަގު 30 ރުފިޔާ ހެޔޮ ވެގެންދާނެ އެވެ.

 

 

ކާޑުގެ ބާވަތުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާއިރު އެ ބާވަތްތަކުން ޑިސްކައުންޓް ލިބޭނީ ހަމައެކަނި ދިވެހީންނަކަށް ނޫނެވެ. ދިވެހީންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށްވެސް ދިވެހީންނެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބިގެން ދާނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 އޭޕްރިލް 2017 | ބުރާސްފަތި 19:55
ހަންހާރަ
އިންތިޚާބު ނިމުނީމަ އަގު އުފުލޭގޮތަށް..... ހިޔަޅުކަންވެސް ހައްދުން ނައްޓާފަ....