ކ. މާލެ
|
9 އޮކްޓޯބަރ 2020 | ހުކުރު 21:41
ލިވަޕޫލަށް ކުޅެމުން އަންނަ ސްވިޒަލެންޑުގެ ފޯވާޑް ޒެރްޑަން ޝަގީރީ
ލިވަޕޫލަށް ކުޅެމުން އަންނަ ސްވިޒަލެންޑުގެ ފޯވާޑް ޒެރްޑަން ޝަގީރީ
ގެޓީ އިމޭޖަސް
ޝަގީރީ ވައިރަހަށް ނެގެޓިވްވުން
ޝަގީރީގެ ދެވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވް
ޝަގީރީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ އަންގާރަ ދުވަހު
ސްވިޒަލެންޑުން ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗަށް ޝަގީރީ ޓީމާއެކު ދާނެ

މި ހަފުތާގެ ކުރީކޮޅު ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، ދެވަނަ ފަހަރަށް ކުރި ޓެސްޓުން ލިވަޕޫލަށް ކުޅެމުން އަންނަ ސްވިޒަލެންޑުގެ ފޯވާޑް ޒެރްޑަން ޝަގީރީ ވައިރަހަށް ނެގެޓިވްވެއްޖެއެވެ.

ޝަގީރީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ސްވިސް އެފްއޭ އާއި ލިވަޕޫލުން މިދިޔަ އަންގާރަ ދުވަހު ކަށަވަރުކޮށްދިނެވެ. އެއާއެކު އޭނާ އައިސޮލޭޝަނަށް ބަދަލުކުރި ނަމަވެސް، ބުރާސްފަތި ދުވަހު ހެދި ޓެސްޓުން ޝަގީރީ ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ.

ސްވިސް އެފްއޭއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ ދެވަނަ ޓެސްޓުން ޝަގީރީ ކޮވިޑް-19 އަށް ނެގެޓިވްވުމާއެކު، ޔުއެފާ ނޭޝަންސް ލީގުގައި ސްވިޒަލެންޑުން ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ސްޕެއިނަށް ދާނެ ކަމަށެވެ. އެކަމަކު ކޮވިޑް-19 އަށް ކުރި ދެވަނަ ޓެސްޓުންވެސް ޑިފެންޑަރު މެނުއެލް އަކަންޖީ ޕޮޒިޓިވްވި ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ޝަގީރީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ޓެސްޓުގެ ނަތީޖާއިން ދެއްކިއިރު، ބުދަ ދުވަހު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ސްވިޒަލެންޑުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޝަގީރީ ކުޅެފައެއް ނުވެއެވެ.

ކޮވިޑް-19 އަށް ކުރި ދެވަނަ ޓެސްޓުން ޝަގީރީ ނެގެޓިވްވިއިރު، މީގެ ކުރިން ލިވަޕޫލުގެ ދެ ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އާއި ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ދެން މެޗެއް ކުޅޭނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ލިވަޕޫލް ނުކުންނާނީ ޑާބީ މެޗުގައި ވާދަވެރި އެވަޓަނާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް