Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 01:08
މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، އޭނާ ވަނީ ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ހަމަޖައްސާފައި
މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، އޭނާ ވަނީ ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ހަމަޖައްސާފައި
ޕީޕަލް މެގަޒިން
ނަޝީދުގެ އެޑްވައިޒަރު
ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސައިފި
ޖާބިރު މިމަޤާމަށް ހަމަޖައްސާފައިވަނީ ބުދަ ދުވަހުގައި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރަކަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހަމަޖައްސަވައިފި އެވެ.

 

ޖާބިރު މިމަޤާމަށް ހަމަޖައްސާފައިވަނީ ބުދަ ދުވަހުގައެވެ.

 

13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ ރައީސް ނަޝީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން، އިނގެރޭސިވިލާތުގެ ސިޔާސީ ހިމަޔަތް ހޯދަވައިފަ އެވެ. އަދި އެމަނިކުފާނު ދެތެރެއަކުން، ކޮޅުނބަށް ވަޑައިގެން އެ ޤައުމުގައި ސިޔާސީ އެކި ހަރަކާތްތައް ކުރިއަށްގެންދަވަ އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު މިވަގުތުވެސް ހުންނެވީ ކޮޅުނބުގައެވެ. 

 

ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖެއްސެވިއިރު، ޖާބިރުވެސް މިވަގުތު ދިރިއުޅުއްވަމުން ގެންދަނީ ސްރީލަންކާގައެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ކާށިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޖާބިރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަދަލުތައް ގެނައުމަށް ރައީސް މުހައްމަދު ނަޝީދާއެކުގައި މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރިކޮށް، ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރަންޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވަނީ އެޑްވައިޒަރުކަމަށް އޭނާ އައްޔަނުކުރުމާއިގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނަށް ޝުކުރުއަދާކުރައްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް