ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 22:37
އެސްޕަންޔޯލަށް ކުޅެމުން އައި ސްޕެއިނުގެ މިޑްފީލްޑަރު މާކް ރޮކާ
އެސްޕަންޔޯލަށް ކުޅެމުން އައި ސްޕެއިނުގެ މިޑްފީލްޑަރު މާކް ރޮކާ
ގެޓީ އިމޭޖަސް
ރޮކާ ބަޔާނަށް ބަދަލުވުން
އެސްޕަންޔޯލް ދޫކޮށް ރޮކާ ބަޔާނަށް
ރޮކާ ބަޔާނާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން
ކާގެ ސޮއި ހޯދުމަށް ބަޔާނުން ވަނީ 15 މިލިޔަން ޔޫރޯ ޚަރަދުކޮށްފައި

އެސްޕަންޔޯލް ދޫކޮށް ސްޕެއިނުގެ މިޑްފީލްޑަރު މާކް ރޮކާ ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ މިޑްފީލްޑަރު ބަޔާނާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮކާގެ ސޮއި ހޯދުމަށް ބަޔާނުން ވަނީ 15 މިލިޔަން ޔޫރޯ ޚަރަދުކޮށްފައެވެ. އަދި ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިޔަން ޔޫރޯ ޚަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަޔާނަށް ބަދަލުވުމަށްފަހު ރޮކާ ބުނީ އެ ޓީމަށް ބަދަލުވެވުމުން ވަރަށް އުފާވާ ކަމަށާއި، މިއީ ހުވަފެނެއް ހަގީގަތަށް ވުން ކަމަށެވެ. އަދި އޭނާ ދެކޭ ގޮތުގައި ބަޔާނަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކުލަބު ކަމަށާއި، ބަޔާނުގެ ޖާޒީގައި ކުޅެން ކެތްމަދުވެފައި ހުރި ކަމަށްވެސް ވަނީ ބުނެފައެވެ.

އުމުރުން 11 އަހަރުގައި އެސްޕަންޔޯލުގެ އެކެޑަމީން ފުރުސަތު ހޯދި ރޮކާ އެސްޕަންޔޯލުގެ ސީނިއާ ޓީމުން ޖާގަ ހޯދީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެސްޕަންޔޯލަށް 121 މެޗު ކުޅެދީ ތިން ލަނޑު ޖަހާފައެވެ.

އެސްޕަންޔޯލާއެކު ރޮކާއަށް ކާމިޔާބެއް ހޯދިފައިނުވި ނަމަވެސް، އޭނާ ވަނީ ސްޕެއިނުގެ ޒުވާން ޓީމާއެކު މިދިޔަ އަހަރު އޮތް 21 އަހަރުން ދަށުގެ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ރޮކާ އަކީ މި ޓްރާންސްފާ ބާޒާރުގައި ބަޔާނާ ގުޅުނު ހަތަރުވަނަ ކުޅުންތެރިޔާއެވެ. އެ ޓީމުން މީގެ ކުރިން ވަނީ މެންޗެސްޓާ ސިޓީގެ ލެރޯއި ސާނޭ އާއި، ޕީއެސްޖީގެ ޓަންގުއީ ނިއަންޒޫ އަދި ޝާލްކާގެ އެލެކްޒެންޑާ ނުބެލްގެ ސޮއި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް