އައްޑީ ސިޓީގައި ހަދަމުންދާ ޕޮލިސް އެކަނޑަމީގައި މަސައްކަތް ކުރުމަށް އެ ސިޓީއަށް ދިޔަ 53 ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޕޮޒިޓިވް ވި މީހުންނަކީ އިންޑިއާގެ ކޮޗިން އިން އައްޑޫ ސިޓީ އަށް މިމަހުގެ 14 ވަނަ ދުވަހު ދިޔަ 128 މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ.
އެމީހުން ޕޮޒިޓިވްވެފައި މިވަނީ ކަރަންޓީންގެ މުއްދަތު ހަމަވުމުން ހެދި ޓެސްޓް ތަކުންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުން މިވަގުތު ތިބީ އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސް ކަރަންޓީން ފެސިލިޓީގައި ކަަމަށެވެ.
ޕޮޒިޓިވްވި މީހުންގެ ކިބައިން ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
އައްޑޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 67ށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 53 ކޭސް އެއް ހުރި އިރު ބަލ؛ިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދަކީ 14 އެވެ.