އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަންވީ ހިތަށް އަނިޔާވާ ހުރިހާ ކަމަކާ ދުރުވާން ކަމަށް ހެލްތް މިނިސްޓްރީ އާއި ވަގުތީ ގޮތުން ހަވާލުވެވަޑައިން ހުންނެވި، މިނިސްޓަރ އޮފް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ހިތުގެ ދުވަހާއި ގުޅިގެން މިނިސްޓަރ އަސްލަމް ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، އެންމެން އަޒުމުކަނޑައަޅަންވީ ހިތަށް އަނިޔާވާ ހުރިހާ ކަމަކާ ދުރުވެ ހިތުގެ ވިންދު ޖެހުން ދުޅަހެޔޮކޮށް ބަހައްޓަން ކަމަށެވެ. އެގޮތުން، އުފާވެރި ހާޔާތެއް ލިބުންވަނީ ދުޅަހެޔޮ ހިތަކާއި އެކުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުގައި ގިނަ ދަތިތަކާއި ވޭނެއް ތަހައްމަލު ކުރަންޖެހުނު ކަމުގައިވިޔަސް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން، ކަސްރަތުކޮށް ސިއްހަތަށް ރަނގަޅު ކާނާ ކެއުމަށް ސަމާލުކަންދީ ހިއްހަމަޖެހުން ލިބިގަންނަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ﷲގެ އިރާދަފުޅާއެކު މި ދަތި ހާލުން އަރައި ގަންނާނެ ކަމަށާއި ދިވެހި ރައްޔިތުންނަށް އުފާވެރިކަމާާއި ދުޅަހެޔޮ ސިއްހަތަކަށް އެދޭ ކަމަށެވެ.
ދުނިޔޭގެ އެންމެ ގިނައިން މީހުން މަރުވާ ސަބަބެއްގެ ގޮތުގައި ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތައް ހިމެނޭއިރު، ސިއްހީ ތަަޖުރިބާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އުމުރުން ދުވަސްވީ މީހުން ގޮތަށް ކުޑަކުދިންނަށް ވެސް ބަލިޖެހުމުގެ ފުރުސަތު އެބައޮތެވެ. މީގެއިތުރުން، ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށްވެސް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުއިރު ރާއްޖޭގެ ޒުވާނުންގެ އާބާދިގެ ގިނަ އިންސައްތައަކީ ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނެވެ. ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަސް ފާހަގަކުރަމުން އަންނައިރު، މި ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފެށުނީ 2000 ވަނަ އަހަރުގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބެއްގެ ގޮތުގައި ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިތަށް ހިމެނެއެވެ.
ވާރލްޑް ހާޓް ފެޑެރޭޝަނުން މި ދުވަސް ފާހަގަކޮށް އާންމު ހޭލުންތެރި ކުރަން ގިނަ މަސައްކަތްތަކެއް ކުރެއެވެ.