ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 22:41
މިޓެސްޓު ކިޓުގެ ސަބަބުން ކޮވިޑަށް ޝައްކު ކުރެވޭ މީހުން އަވަހަށް ޓެސްޓު ކުރެވިގެންދާނެ ކަމަށް މެޑްޓެކްއިން ބުނޭ
މިޓެސްޓު ކިޓުގެ ސަބަބުން ކޮވިޑަށް ޝައްކު ކުރެވޭ މީހުން އަވަހަށް ޓެސްޓު ކުރެވިގެންދާނެ ކަމަށް މެޑްޓެކްއިން ބުނޭ
މެޑްޓެކް މޯލްޑިވްސް
އެންޓިޖެން ޓެސްޓު ކިޓް ތައާރަފްކުރުން
ކޮވިޑް-19ގެ ނަތީޖާ 15 މިނެޓުން ލިބޭ "އެންޓިޖެން" ޓެސްޓު ކިޓް ތައާރަފުކޮށްފި
ހަށިގަނޑުގައި ހުންނަ އެކްޓިވް ވައިރަސް ދެނެގަންނާނެ
ކޮންޓެކްޓް ޓްރޭސިންގައި އެކްޓިވް އިންފެކްޝަން ހުރި މީހުން ދެނެގަނެވޭނެ
އާބާދީގެ ބޮޑުބައެއް ޓެސްޓު ކުރެވިގެންދާނެ

ކޮވިޑް-19ގެ ނަތީޖާ 15 މިނެޓުން ލިބޭ "އެންޓިޖެން" ޓެސްޓު ކިޓް، މެޑްޓެކުން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މި ޓެސްޓަކީ ލެބޯޓްރީގައި ތަހުލީލު ކުރަން ބޭނުން ކުރާ އާލާތްތައް އުފެއްދުމުގައި ހިމެނޭ އެމެރިކާގެ އެބޮޓް ލެބޯޓްރީން އުފައްދާފައިވާ ޓެސްޓެކެވެ. މެޑްޓެކް އަކީ އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

ރާއްޖޭގެ އޮތޮރައިޒްޑް ޑީސްޓްރިބިއުޓާ މެޑްޓެކުން ބުނީ މި އެންޓިޖެން ޓެސްޓަކީ ހަށިގަނޑުގައި ހުންނަ އެކްޓިވް ވައިރަސް ދެނެގަތުމަށް ހަދާ ޓެސްޓެއް ކަމަށެވެ. އަދި މި ޓެސްޓަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭނެ އުފެއްދުމެއް ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެންޓިޖެން ޓެސްޓު ކިޓުގެ ސަބަބުން ކޮންޓެކްޓް ޓްރޭސިންގައި އެކްޓިވް އިންފެކްޝަން ހުރި މީހުން ދެނެގަތުމަށް ޓެސްޓު ކުރުމާއި އާބާދީގެ ބޮޑުބައެއް ޓެސްޓު ކުރުމުގެ އިތުރުން ކޮވިޑަށް ޝައްކު ކުރެވޭ މީހުން އަވަހަށް ޓެސްޓު ކުރެވިގެންދާނެއެވެ.

"ބައިނެކްސް ނައު ކޮވިޑް-19 އޭޖީ ކާޑު"ގެ ނަން ދީފައިވާ ޓެސްޓަކީ ނޭސަލް ސްވަބް ބޭނުން ކޮށްގެން ވީހާ ވެސް އަވަހަށް އަދި ހެޔޮ އަގެއްގައި ކޮވިޑަށް ގިނަ ބަޔަކު ޓެސްޓު ކުރުމެވެ.

މި ޓެސްޓު ކިޓާ ބެހޭ ގޮތުން އެބޮޓުން ވަނީ ޓެސްޓާ ގުޅޭ ޚާއްސަ އެޕެއް ތައާރަފް ކޮށްފައެވެ. އަދި ފޯނުން ޓެސްޓުގެ ނަތީޖާ ފެންނާގެ ގޮތް ވެސް އެބޮޓުން ވަނީ ހަދާފައެވެ.

ކްރެޑިޓް ކާޑު ސައިޒުގެ ޓެސްޓުގެ ސެންސިޓިވިޓީ އަކީ 97 އިންސައްތައެވެ. އަދި ސްޕެސިފިސިޓީ ނުވަތަ އިންފެކްޝަން ދެނެގަތުމުގެ އިންސައްތައަކީ 98.5 އިންސައްތަ ކަމަށް ކްލިނިކަލް ތަހުލީލުތަކުގެ ނަތީޖާއިން ދައްކާ ކަމަށް އެ ބޮޓް އިން ވަނީ ބުނެފައެވެ.

- ކޮމެންޓް