ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 11:40
އީވޯ ހޯމް
އީވޯ ހޯމް
ގޫގުލް
އީވޯ ހޯމް
އީވޯގެ ސެލްފީ ޕްރޮމޯޝަނާ އެކު 40,000ރ.ގެ ގިފްޓް ވައުޗަރެއް
 
ފުރަތަމަ 44 ފަރާތަކަށް %25ގެ ޑިސްކައުންޓް ލިބޭނެ
 
މިއީ އީވޯ ހޯމްގެ 4 ވަނަ އަހަރީ ދުވަސް

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ އިވޯ ހޯމްއިން ކަސްޓަމަރުންނާ ގުޅިގެން ހިންގާ އަގު ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އީވޯ ހޯމްގެ ހަތަރު ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފެށި މި ޕްރޮމޯޝަން މިމަހުގެ 20 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް އީވޯގެ މާކެޓިން މެނޭޖަރ ރިޒްމާ ރަޝީދު ވިދާޅުވި އެވެ.

އެގޮތުން އީވޯ ޝޯވްރޫމްގައި ބަހައްޓާފައިވާ ޑިސްޕްލޭ އާއި އެކު ސެލްފީއެއް ނަގައިގެން ފޭސްބުކްގައި ޝެއަރ ކޮށްގެން 40,000ރ.ގެ ގިފްޓް ވައުޗަރއެއް ހޯދުމުގެ ޕްރޮމޯޝަނެއް އީވޯ ހޯމްއިން މިވަނީ ފަށާފައެވެ.

ގެއަށް ބޭނުންވާ ފަރުނީޗަރާއި ބަދިގޭ ސާމާނު ވިއްކާ މަޝްހޫރު ފިހާރަ މި ޕްރޮމޯޝަންގައި އީވޯ ފިހާރައިން ވިޔަފާރިކުރާ ފުރަތަމަ 44 ފަރާތަކަށް %25ގެ ޑިސްކައުންޓަކާއި، ޚާއްސަ ހަދިޔާއެއް ދިނުމަށް ވެސް ހަމަޖެހިފައި ވެއެވެ.

ރިޒްމާ ވިދާޅުވީ މި ގިފްޓް ވައުޗަރ އީވޯގެ ހަތަރު ފިހާރައިގައި ވެސް ބޭނުން ކުރެވޭނެ ކަމަށާއި ޙާއްސަ ވައުޗަރތަކެއް ވެސް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބަދިގެ ސެޓާއި، ގޭގައި ހިފާ ގެންގުޅޭ ތަކެތި ވެސް ލިބެން ހުންނަ އީވޯ ހޯމްއިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ތެރެއިން ލައިވް ކުކިންގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޒްމާ ވިދާޅުވިއެވެ.

އީވޯ ހޯމްއިން، ބަދިގެއަށާއި، ބެޑްރޫމް އަދި ސިޓީން ރޫމަށް ބޭނުންވާ ފަރުނީޗަރ ލިބެން ހުންނައިރު ކަސްޓައިޒްކޮށްވެސް ބައެއް ޕްރޮޑަކްޓްސްތައް ފޯރުކޮށްދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް