ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 23:28
ރާއްޖެއަށް ބޭނުންވާ ސިއްހީ ބައެއް ސާމާނުތައް ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ހަވާލްކުރުން
ރާއްޖެއަށް ބޭނުންވާ ސިއްހީ ބައެއް ސާމާނުތައް ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ހަވާލްކުރުން
ގޫގުލް
ސިއްހީ ސާމާނު ހަވާލުކުރުން
ރާއްޖެއަށް ބޭނުންވާ ސިއްހީ ބައެއް ސާމާނުތައް ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ހަވާލްކޮށްފި
އައިސީޔޫގައި ބޭނުންކުރާ ސާމާނު ވަނީ ދީފައި
އަސްލަމް ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއަށް ޝުކުރުއަދާކޮށްފައި

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ސިއްހީ ބައެއް ސާމާނު މިއަދު ރާއްޖެއަށް ރަސްމީކޮށް ހަވާލްކޮށްފިއެވެ.

ހޮނިހިރު ދުވަހު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ޙަވާލުކޮށްދެއްވައިފައިވަނީ ޑަބްލިއުއެޗްއޯއިން ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އައި.ސީ.ޔޫ ގައި ބޭނުންކުރާ އާލާތްތަކާއި، ލެބޯޓްރީގެ އާލާތްތަކެވެ. އޭގެ ތެރޭގައި ޕޯޓެބަލް ޑިޖިޓަލް އެކްސްރޭގެ އިތުރުން ލެބޯޓްރީގެ ބައެއް އައިޓަމްތަކާއި ޓެސްޓްކިޓް ހިމެނޭކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތު ވަގުތީގޮތުން ހިންގެވުމާއި ޙަވާލުވެހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

- ކޮމެންޓް