ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 18:08
ދަރިވަރުންތަކެއް އިމްތިހާން ހަދަނީ، ކޮވިޑް-19އާ ގުޅިގެން ގިނަ ކްލާސްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށް
ދަރިވަރުންތަކެއް އިމްތިހާން ހަދަނީ، ކޮވިޑް-19އާ ގުޅިގެން ގިނަ ކްލާސްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށް
މިހާރު
ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް އިމްތިހާނު
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރަން ފަށައިފި
އޮކްޓޫބަރު 08 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ދޫކުރާނެ
ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30އަށް
އޭލެވެލް ހަދާ ސެންޓަރު ހުންނަ ރަށަށް ދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައި

މިއަހަރުގެ ނޮވެންބަރު، ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ 2020 ވަނަ އަހަރުގެ ނޮވެންބަރު، ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް (ސީއޭއީ، ސީޕީއީ، އެފްސީއީ، ކެޓް އަދި ޕެޓް) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2020 ސެޕްޓެންބަރު 21ން 2020 އޮކްޓޫބަރު 08 ވަނަ ދުވަހުގެ ނިޔަލަށް އެ ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30ން 13:30ށް ކަމަށް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެއެވެ.

ފޯމު ހުށަހަޅާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯ ކޮޕީ ގެންނަން ޖެހެއެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު އެގްޒެމިނޭޝަނުން ޑިޕާޓްމަންޓުންނާއި ޑިޕާޓްމަންޓުގެwww.dpe.edu.mvވެބްސައިޓުން ލިބޭނެއެވެ.

މިއަހަރުގެ ނޮވެންބަރު، ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރަން ފަށާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އިމްތިޙާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށް ރަށުގައި ތިބި ދަރިވަރުން، މި އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޭއެޓް އެޑެކްސެލް އޭލެވެލް އިމްތިޙާނު ހެދުމަށްޓަކައި، އެ ކެންޑިޑޭޓަކު އިމްތިޙާނު ހަދާ ސެންޓަރ ހުރި ރަށަށް މި ހިނގާ ސެޕްޓެންބަރު 27 ވާ އާދީއްތަ ދުވަހުގެ ކުރިން ދިއުމަށް ޑީޕިއީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް