މީގެ ކުރިން މާލޭގެ މަގުތަކުގައި އަޅާފައިވާ ޑީ-ވޯޓަރިން ހޮޅިތައް ނަގައި، މިހާރު މާލޭގެ މަގުމަތިން ފެންނާނީ މަދު ހޮޅިތަކެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
''ރާއްޖެ.އެމްވީ'' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަމާއު ވިދާޅުވީ، މީގެ ދެ އަަހަރެއް ކުރިޔަށް ބަލާނަމަ މީހުުން މާލެ ސިފަކުރަމުން އައީ ''ހޮޅި މާލޭގެ'' ގޮތުގައި ކަމަށެވެ. ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެ ގާތްގަނޑަކަށް ހުރިހާ ހޮޅިއެއް ގޮތަށް ނަގާފައިވާނެ ކަމަށެވެ.
''އެކަމަކު ފާހަގަކޮށްލަން ޖެހެނީ ކުރީގައި އެއޮތް ހާލަތަށް ހޮޅިމާލޭގެ ނަން ދޭވަރަށް މުޅި އެތި ބަދަލު ކޮށްލިން މިއަދު ހޮޅިއެއް ހުންނާނީ ވަރަށް މަދު ހޮޅިއެއް ހުންނާނީ'' ޝަމާއު ވިދާޅުވިއެވެޝަމާއު ޝަރީފް - މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު
މިހާރު ހުއްދަ ދެވެނީ ކޮންމެހެން އަޅަން ޖެހޭ ހޮޅިތަކަށްކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވީ އެގޮތުން ހުއްދަ ދެވެނީ އަލަށް ހަދާ އިމާރާތްތަކަށް އެކަނި ކަމަށެވެ.
އޭނާ ވިދާޅުވީ، ބައެއް ހޮޅިތަކުން ފެން ލީކްވާ މައްސަލަ މިހާރު ވެސް ދިމާވާ ކަމަށާއި، ނަމަވެސް އެ މައްސަލަތަކަށް ވިހާ ވެސް އަވަހަށް ''އެޓެންޑްު'' ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭގެ މަގުތަކުގައި ހޮޅިތައް ގިނަވެ އެކަމުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން އާންމުން ވަނީ ވަރަށް ބޮޑަށް އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
ކުރީ ސަރުކާރުން ވެސް އެ މައްސަލަ އަށް ހައްލެއް ހޯދުމަށް އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ގިނަބަޔަކު ބުނެއެވެ. އިމާރާތްތައް ހެދުމަށް ފެން ބޭރުކުރުމަށް ހޮޅި އެޅުމުގައި މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަށް ރައްޔިތުން އެދެމުންތާ ދުވަސްތަކެއް ވެއްޖެއެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގެއަށް ވަދެ ނުކުމެ އުޅުން ފަދަ ކަންކަމުގައި އުނދަގޫތައް ދިމާވެއެވެ. ކުރީ ސަރުކާރުންވެސް މި މައްސަލަ އަށް ހައްލެއް ހޯދުމަށް އެންމެ އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.