ކ. މާލެ
|
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 15:42
ޝުޢައިބު ޢަލީ (ފުރަހަނި)- ރައީސް ނަޝީދުގެ ވެރިކަމުގައި ޑެޕިއުޓީ އަންޑަރ ސެކްރެޓަރީކަން ކުރެއްވި
ޝުޢައިބު ޢަލީ (ފުރަހަނި)- ރައީސް ނަޝީދުގެ ވެރިކަމުގައި ޑެޕިއުޓީ އަންޑަރ ސެކްރެޓަރީކަން ކުރެއްވި
އެމްޑީޕީ
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ މެމްބަރުކަމުން ޝުޢައިބު އެއްފަރާތް ކޮށްފި
އެއްފަރާތް ކުރީ ކޮމެޓީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން
ޝުއައިބް ރައީސް ނަޝީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވޭ
މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ފޯރުވާކަމަށް ޝުއައިބް ތުހުމަތު ކުރި

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީގެ މެމްބަރުކަމުން ޝުޢައިބު ޢަލީ (ފުރަހަނި) އެއްފަރާތް ކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ، ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމެޓީގެ ނައިބު މުޤައްރިރު ކަމުންނާއި، ކޮމެޓީގެ މެމްބަރުކަމުން ޝުޢައިބު ޢަލީ އެ ކޮމެޓީން އެއްފަރަާތް ކޮށްފައިވާ ކަމަށެވެ.

ކޮމިޓީގެ މެމްބަރު ކަމުން ޝުއައިބް އެއްފަރާތް ކޮށްފައިވާއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި ޑެޕިއުޓީ އަންޑަރ ސެކްރެޓަރީކަމުގައި މަގާމާއި، އެމްޑީޕީގެ ގައުމީ ކައުންސިލް މެންބަރުކަން ކުރެއްވި ޝުއައިބު އަލީ އެމްޑީޕީއަށް ފޮނުއްވި ސިޓީގައި ރައީސް ނަޝީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.

ޝުއައިބު ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލު ކުރެއްވުމާއި، ޕާޓީ ތަމްޞީލް ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި، ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދެވުން ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއަރ ޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ކޮށްދެއްވުމަށް އެދި ގޮވާލައްވާ ކަމަށެވެ.

- ކޮމެންޓް
18 ސެޕްޓެންބަރ 2020 | ހުކުރު 10:53
ނުބެހެވޭނެ
ދައްކަންނުވާ ވާހަކަ އެމްޑީޕީގައި ހުންނަކަން އެގޭ އިރުވެސް އަގަހިމޭނުން ލައިގެން ނުހުރެވިގެން އުޅެވުނީމަ ވީގޮތް. ރޫހާނީލީޑަރާ ކިހިނެއްބެހެވޭނީ ؟