ކ. މާލެ
|
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 15:53
ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ވަނީ ފަށާފައި
ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ވަނީ ފަށާފައި
އެމްޓީސީސީ
ށ.ފޯކައިދޫ ބަނދަރު
ފޯކައިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއަށް 55.97 މިލިއަން ރުފިޔާ ހަރަދުވާނެ
މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީން
ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓު ސައިޓް މޮބަލައިޒް ކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު

ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ފަށައިފިއެވެ.

އެމްޓީސީސީ އިން މައުލޫމާތުދޭ ގޮތުގައި ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓު ސައިޓް މޮބަލައިޒް ކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެެވެ.

ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް 55.97 މިލިއަން ރުފިޔާ ހަރަދުވެގެން ދާނެ ކަމަށް އެމްޓީސީސީ އިން ފާހަގަކޮށްފައިވާ އިރު މި މަޝްރޫއުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މީގެ އިތުރުން، 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ފޯކައިދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް 17 އަހަރަށް ފަހު ފަށާފައިރު، މިއީ އެރަށުގެ ހުރިހާ ރައްޔިތުންވެސް އުންމީދުކުރަމުން އައި ދުވަހެކެވެ.

- ކޮމެންޓް