ކ. މާލެ
|
14 ސެޕްޓެންބަރ 2020 | ހޯމަ 03:58
ހައުސިން ޑިވެލޮޕްމެންޓުގެ އިމާރާތް
ހައުސިން ޑިވެލޮޕްމެންޓުގެ އިމާރާތް
ޔޫސުފް ސޮފްވާން ރަޝީދު
ހުޅުމާލޭ ހެދިކާ ޓެންޓުތަކުގެ މައްސަލަ
ހުޅުމާލޭ ހެދިކާ ޓެންޓުތަކާއި ގުޅޭ ގޮތުން އެޗްޑީސީން އާންމުންނާ މަޝްވަރާ ކުރަނީ
ތިން ސަރަހައްދެއްގައި ސްޓޯލް ގާއިމްކުރާނެ
އެއްވެސް ބައެއްގެ ވިޔަފާރިއަށް ހުރަސް އަޅަން މަސައްކަތެއް ނުކުރަން: އެޗްޑީސީ

ހުޅުމާލޭގައި ހުންނަ ހެދިކާ ޓެންޓުތަކާއި ގުޅިގެން އާއްމުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލޭ ފްލެޓް ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ހަދާފައިވާ ޓެންޓުތަކުގައި ގިނަ ބަޔަކު އަންނަނީ ހެދިކާ ވިއްކަމުންނެވެ. އެ ތަނުގައި އެޗްޑީސީން ވަނީ 30 ޓެންޓެއް ޖަހާފައެވެ. އެ ޓެންޓުތަކުގެ މުއްދަތު ހަމަވެފައިވާތީ އެތަންތަން މަރާމާތު ކުރަން ފަށައި ނަގަން މިދިޔަ މަހު އެޗްޑީސީން ނިންމިއެވެ. އެކަމަކު ރައްޔިތުންގެ ޝަކުވާތައް ލިބުމާއި، އަދި ޓެންޓުތައް ނަގައިފިނަމަ ހެދިކާ ވިއްކާ ފަރާތްތަކުގެ އާމްދަނީ އަސަރު ކުރާނެތީވެ އެކަން އޮތީ މަޑުޖައްސާލާފައެވެ.

ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މުނިސިޕަލްގެ ޑިރެކްޓަރ އާދަމް އަޒްމީ ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހެދިކާ ވިއްކޭ ގޮތަށް ތިން ސަރަހައްދެއްގައި ބޮޑެތި ޓެންޓުތަކެއް ބެހެއްޓުމުގެ ޕްލޭން އެއް ރާވަމުންދާ ކަމަށެވެ. މީގެ ކުރިން ޓެންޓުތައް ހުސް ކުރަން އެންގީ އެއްވެސް ބައެއްގެ ވިޔަފާރިއަށް ހުރަސް އަޅާ ނުވަތަ ގެއްލުން ދިނުމުގެ މަގްސަދުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ މަސައްކަތް ހުރި ގޮތުން ގާތްގަނޑަކަށް ދެ ތިން މަސްްވަރު ނަގާފާނެ ތަނެއް ތަރައްގީ ކުރަން. އެއީ އަޅުގަނޑުމެންގެ ބަޖެޓާއި މި ހާލަތުގައި ކަންތައްތައް ކުރާއިރު ބައިވަރު މަސައްކަތްތަކެއް ހުރުމާއި އެކު
އެޗްޑީސީގެ މުނިސިޕަލްގެ ޑިރެކްޓަރ - އާދަމް އަޒްމީ

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ޓެންޓްތަކެއް ބެހެއްޓުމުން ހެދުމުގެ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރެމުންދޭތޯ ވެސް އިތުރަށް މޮނިޓަރ ކުރެވިގެން ދާނެ ކަމަށެވެ. ރައްޔިތުންގެ މަޝްވަރާ ހޯދާނެ ކަމަށް އެޗްޑީސީން ބުނެފައިވިޔަސް އެ ބައްދަލުވުންތައް ބާއްވާނެ ވަކި އިރެއް ހާމައެއް ނުކުރެއެވެ.

- ކޮމެންޓް
14 ސެޕްޓެންބަރ 2020 | ހޯމަ 12:07
ޥަގުން ތަންތަނައްލީމަ ނުވާނެ އެއްކަމެއްވެސް. ތިޔަ އަޒުމީ ކާއިރީގަ އަހާބަލަ މިހާރު ކިތަށް ކާރު ގަނެފިންތޯ؟ ކިހާވަރެއް ޖީބައް ޖަހާލައިފިންތޯ