ކ. މާލެ
|
12 ސެޕްޓެންބަރ 2020 | ހޮނިހިރު 16:35
ޖޭޖޭޔޫގެ ޑިރެކްޓަރ ފާތިމަތު ރޫނާ ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއު
ރާއްޖެއެމްވީ
ކުޑަކުދިންގެ މައްސަލަތައް ހައްލުކުުރުން
ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހައްލު ކުރެވޭނީ މުޖްތަމަޢުގެ އެއްބާރުލުން ލިބިގެން: ޖޭޖޭޔޫ
މުޖްތަމައު ހޭލުންތެރި ކުރުވަން ޖެހޭކަން ފާހަގަ ކުރެއްވި
އާއިލާގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވި

ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ހައްލު ކުރެވޭނީ މުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއު އެއްގައި ޖޭޖޭޔޫގެ ޑިރެކްޓަރ ފާތިމަތު ރޫނާ ވިދާޅުވީ ޖޭޖޭޔޫ އިން މަސައްކަތް ކުރަމުންދަނީ ވަރަށް ކުޑަ އަސަރެއް ކަމަށާއި އެންމެ ބޮޑަށް އަމާޒު ހިފަން ޖެހޭ ކަމަކީ މުޖުތަމައު ހޭލުންތެރި ކުރުން ކަމަށެވެ.

ހުރިހާ މުއައްސަސާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތައް އަދި ކުންފުނިތައް ގުޅިގެން މަސައްކަތް ކޮށްފިނަމަ ވަރަށް ރަނގަޅު ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ކުށުގެ ވެއްޓަށް އައުމަށްފަހު ދެން ކުއްޖާ އިސްލާހުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާ ކަން ރޫނާ ފާހަގަ ކުރެއްވިއެވެ.

ކުށުގެ ވެށިން ދުކޮށްލުމާއި އެކު އެކުއްޖާ އެނބުރި ދާނީ އާއިލާ ގާތަށް ކަމަށާއި، އާއިލާ އާއި ގާތްތިމާގެ މީހުން އެކުއްޖާ ބަލައިގަތުން ވަރަށް މުހިއްމު ކަމަށް ރޫނާ ވިދާޅުވިއެވެ.

މުޖުތަމައުގެ އެހީތެރިކަން ކުދިންނަށް ވަރަށް ބޭނުން، ދެންވެސް އެކުދިން ދާން ހުންނާނީ އޭނަގެ ގެއަށް، ގެއިން ބަލައިގަންނަންޖެހޭ އެބަ، އޭނަގެ އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުން ބަލައިގެންނަންޖެހޭ އެބަ، ފުރުސަތުތައް ތަނަވަސް ވާން ޖެހޭ އެބަ، ވަޒީފާ ނުވަތަ ހުނަރު ދަސްކުރުމުގެ ޕްރޮގްރާމްތައް އެރަށެއްގައި ލިބެން ހުންނަންޖެހޭ
ޖޭޖޭޔޫގެ ޑިރެކްޓަރ ފާތިމަތު ރޫނާ

ނަމަވެސް ގިނަ ފަހަރަށް ކަން ދިމާވާ ގޮތަކީ އެކުއްޖާގެ ގައިގައި ހުންނަ ހުނަރާއި ރަނގަޅު ސިފަ ތަކަށްވުރެ ބޮޑަށް ފެންނަނީ އެ ކުއްޖާ ކޮށްފައިވާ ކުށް ކަމަށެވެ.

ކުއްޖާ އަށް ދެވަނަ ފުރުސަތެއް ދެވޭއިރު އެކަމަށް މުޖުތަމައު ހޭލުންތެރި ކުރަން ޖެހޭ ކަމަށާއި އެ ކުއްޖާއަށް އާއިލާގެ އެއްބާރުލުން ދިނުމާއި ވަޒިފާގެ ފުރުސަތުއް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށް ރޫނާ ވިދާޅުވިއެވެ.

ފުރަތަމަވެސް މުޅި ސިސްޓަމް އެބަޖެހޭ ރިފޯމް ގެންނަން. ގެނެސްފައި އަދި މުޖުތަމައު ހޭލުންތެރި ކުރަން ޖެހޭ އެބަ މިކުދިންނަށް ދެވަނަ ފުރުސަތެއް މިދެވެނީ އެކުދިންނަށް ކުށުގެ އިހުސާސް ކޮށްދީފައި މުޖުތަމައަށް އޭގެ މަންފާ ކުރާ ގޮތަށް އަދި އަނިޔާ ލިބުނު ފަރާތުގެ އެ ލިބުނު ގެއްލުން ފޫބައްދާގޮތަށް އަނބުރާ މުޖުތަމައު އަށް ގެންނަން މަސައްކަތް ކުރަނީ. އެހެންވީމާ ފުރުސަތެއް އެހީތެރިކަމުގެ އަތެއް މުޖުތަމައު އިން ލިބެން އެބަޖެހޭ
ޖޭޖޭޔޫގެ ޑިރެކްޓަރ ފާތިމަތު ރޫނާ

ރޫނާ ވިދާޅުވީ ކުޑަކުދިންގެ މައްސަލަތައް ހައްލު ކުރުމަށްޓަަކައި މުޅި ސިސްޓަމް ރީފޯމް ކުރަން ޖެހޭ ކަމަށެވެ.

ހަމައެކަނި ހަަމައެކަނި ކަމާއި ބެހޭ މުއައްސަސާތަކުން އެކަން ހައްލު ނުކުރެވޭނެ ކަމަށާއި މިކަމަށް ކުއްޖާގެ އާއިލާ އާއި މުޖްތަމައުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރޫނާ ވިދާޅުވިއެވެ.

- ކޮމެންޓް