ބ. އަތޮޅު ކުޑަރިކިލު، ދޮންފަނު އަދި ކިހާދޫގެ ބަނދަރުގެ މަސައްކަތް އެމްޓީ ހޯގާޑް ކުންފުންޏާ ހަވާލުކޮށްފިއެވެ.
ޕްލޭނިންގް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ތިން ރަށުގެ ބަނދަރު މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވާއިރު، އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީލް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ.
މި މަޝްރޫއުގެ ދަށުން ބ. ދޮންފަނު ބަނދަރުގައި 204 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި ލުމާއި، 362 މީޓަރު އެއްގަމު ތޮށި ލުމާއި، 20 ނެރުބައްތި ޖެހުމާއި، 18 ބަނދަރު ބައްތި ޖެހުމާއި، 1810 ސްކެއަރ މީޓަރު ޕޭވްމަންޓް އާއި 05 މޫރިންގ ބުލޮކްސް ޖެހުމާއި، 380،28 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 500 ކިއުބިކް މީޓަރު ނެރު ފުން ކުރުމާއި، 106 މީޓަރު ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
މި މަޝްއޫރުގެ ދަށުން ބ. ކިހާދޫ ބަނދަރުގައި، 350 މީޓަރު ގެ ބޮޑުހިލަ ބޭރު ތޮށި ލުމާއި، 320 މީޓަރު އެއްގަމު ތޮށި ލުމާއި، 02 ނެރު ބައްތި ޖެހުމާއި، 17 ބަނދަރު ބައްތި ޖެހުމާއި، 1600 ސްކެއަރ މީޓަރު ޕޭވްމަންޓް ޖެހުމާއި، 22 މޫރިންގ ބްލޮކްސް ޖެހުމާއި،40،700 ކިއުބިކް މީޓަރު ބަނދަރު ފުން ކުރުމާއި، 6000 ކިއުބިކް މީޓަރު ނެރު ފުން ކުރުމާއި، 225 މީޓަރު ރިވެޓްމަންޓް ޖެހުން ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ބ. ކުޑަރިކިލު ބަނދަރުގައި 246 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި ލުމާއި، 316 މީޓަރު އެއްގަމު ތޮށި ލުމާއި، 02 ނެރު ބައްތި ޖެހުމާއި، 16 ބަނދަރު ބައްތި ޖެހުމާއި، 1580 ސްކެއާރ މީޓަރު ޕޭވްމަންޓް ލުމާއި، 8 މޫރިންގް ބްލޮކްސް ޖެހުމާއި، 56523 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، 1500 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި، 215 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ.
ޕްލޭނިންގް މިނިސްޓްރީ އިން ބުނީ މި މަޝްރޫއުގެ ޖުމްލަ އަގަކީ 108.3 މިލިއަން ރުފިޔާ ކަމަށާއި، މި ތިން ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް 381 ދުވަހުގެ ތެރޭގައި ނިންމާލަން ޖެހޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ 77 އިންސައްތަ ފައިސާ ހަމަޖެހިފައިވަނީ އޮފިޑުން ކަމަށް މިނިސްޓްރީ އިން ބުނެއެވެ.