ސްޕެނިޝް ލަލީގާގައި ރެއާލް ސޮސައިޑާޑް އަތުން ބާސެލޯނާ ހަނި މޮޅެއް ހޯދައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ސޮސައިޑާޑްއާ ވާދަކޮށް ބާސާ އިން މެޗު ކާމޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.
ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީ އެވެ. މި ލަނޑަށްފަހުވެސް ބާސާ އިން ދިޔައީ ސޮސައިޑާޑްގެ ގޯލަށް ނުރައްކާކުރަމުންނެވެ.
އެގޮތުން 37 ވަނަ މިނެޓުގައި މެސީ ކާމިޔާބުކޮށްދިން އިތުރު ލަނޑަކާއެކު ބާސާ އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މީގެއިތުރުންވެސް އެޓީމަށް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ސޮސައިޑާޑް އިން ނަތީޖާގެ ފަރަގު ކުޑަކުރީ 42 ވަނަ މިނެޓޫގައި ބާސާގެ އުމިޓީ އަތުން ބައިކޮޅަށް ވަތް ލަނޑާއެކުގައެވެ.
އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން ބާސާ އިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްކަސާ އެވެ. އޭގެ މިނެޓެއްފަހުން އަނެއްކާވެސް ސޮސަޑާޑް އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒަބީ ޕްރިއެޓޯ އެވެ.
ފުރަތަމަ ހާފް ނިމުނީ 2-3 ގެ ނަތީޖާއިން ސޮސައިޑާޑްގެ މައްޗަށް ބާސާ ކުރީގައި އޮވެގެންވެ.
ދެވަނަ ހާފް ފެށިގެން ސޮސައިޑާޑްގެ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ބާސާގެ ހާފަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއްވެސް އެޓީމުން ވަނީ އުފައްދާފައެވެ. އެހެންނަމަވެސް ބާސާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އެޓީމު ވަނީ ނުކުޅެދިފައެވެ.
މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 32 މެޗުން ލިބުނު 72 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ސޮސައިޑާޑް އޮތީ ކުޅުނު 32 މެޗުން ލިބުނު 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.