ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 13:00
ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު
ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު
އެމްޓީސީސީ
ހަނިމާދޫ ބަނދަރު ތަރައްގީ ކުރުން
ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 20 އިންސައްތަ ނިމިއްޖެ
މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ 43 އިންސައްތަ މަސައްކަތް ވަނީ ނިމިފަ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 20 އިންސައްތަ ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ 43 އިންސައްތަ މަސައްކަތްވެސް ނިމިފައިވާކަމަށެވެ.

އަދި 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ މަސައްކަތާ 31،576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ.

އަދި 355 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ އިތުރަށް 50 މީޓަރުގެ ސަރަހައްދެގައި ރިވެޓްމެންޓް ޖެހުމާ، 270 މީޓަރުގެ ސަރަހއްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.ޓީ.ސީ.ސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް 2583 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާ، ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 57.12 މިލިއަންގެ މަޝްރޫއެކެވެ. މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 05 މެއި 2020 ގައެވެ.

- ކޮމެންޓް