ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 22:12
ގައިދީންނަށް ހިންގި އައި ޗެކްއަޕްގެ ތެރެއިން
ގައިދީންނަށް ހިންގި އައި ޗެކްއަޕްގެ ތެރެއިން
ކަރެކްޝަން ސަރވިސް
ގައިދީންނަށް އައިޗެކްއަޕް ޕްރޮގްރާމް ހިންގުން
ގައިދީންގެ ލޮލުގެ ޗެކްއަޕް ހަދާ 52 ގައިދީއަކަށް އައިނު ހައްދައި ދެނީ
55 ގައިދީންގެ ޗެކަޕްހެދި
ކޭމްޕް ކުރިޔަށް ގެންދިޔައީ އައިކެއާ އިން
ކުރިޔަށް ދިޔައީ އެޗްޕީއޭގެ ގައިޑްލައިންއަ އެއްގޮތަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް “އައި ކޭމްޕް” އެއް ބާއްވައި، 55 ގައިދީންނަށް ހިދުމަތް ފޯރުކޮށްދީފިއެވެ.

ކަރެކްޝަނުން ބުނީ، “އައި ކޭމްޕް”ގެ މަގްސަދަކީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ބަލިތަކުގެ ތެރެއިން ލޮލުގެ ބަލިތަކަށް ފަރުވާ ހޯދުމަށް އެދޭ ގައިދީންނަށް ފަސޭހަކަމާއެކު އެ ޖަލުން ހިދުމަތް ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އައި ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

އައިކެއަރ އާ ގުޅިގެން ބޭއްވި މި ކޭމްޕްގައި ލޮލުގެ ހާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުން ވަނީ ކޮން ފަރުވާއެއްތޯ ދެނެގަނެފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ. އެގޮތުން އައިނު އަޅަން ޖެހޭ ގައިދީންގެ ލޮލުގެ ނަންބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާ އަށް މާލެ ގެންނަން ޖެހޭ ގައިދީން ވެސް ވަނީ ދެނެގަނެފައެވެ.

55 ގައިދީންގެ ޗެކަޕްހަދައި، 52 ގައިދީންނަށް އައިނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެ ސަރވިސް އިން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތްތާނގައި ގައިދީން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ގިނައިން އެދެމުންދާ ދާއިރާއަކުން މިފަދަ ކޭމްޕްތައް ރާވާ ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ރާވަމުން ގެންދާކަމަށް އެ ސަރވިސް އިން މައުލޫމާތު ދެއެވެ.

- ކޮމެންޓް