ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 22:34
ފުޅަދޫ ބަނދަރުގެ މަސައްކަތް ކުރިޔަށް ދަނީ
ފުޅަދޫ ބަނދަރުގެ މަސައްކަތް ކުރިޔަށް ދަނީ
އެމްޓީސީސީ
ފުޅަދޫ ބަނދަރުގެ މަސައްކަތް
ފުޅަދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި: އެމްޓީސީސީ
މި މަޝްރޫއުގެ އަގަކީ 48.29 މިލިއަން ރުފިޔާ
މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ 93 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ ފުޅަދޫ ބަނދަރުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ 93 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 29،167.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުމާއި، 22694 މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 108 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުން ހިމެނޭ ކަމަށެވެ. އަދި 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 233 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 588 ސްކެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި މޮބިލައިޒް ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ޕްލޭނިންގް މިނިސްޓްރީ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަގަކީ 48.29 މިލިއަން ރުފިޔާއެވެ.

- ކޮމެންޓް