ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 09:04
ޔޫތް މިނިސްޓްރީ ހިންގަމުން އަންނަ ވެލާނާގެ
ޔޫތް މިނިސްޓްރީ ހިންގަމުން އަންނަ ވެލާނާގެ
ރާއްޖެއެމްވީ
ޔޫތް މިނިސްޓްރީ އިން ޖަމިއްޔާތަކާއި ބައްދަލުކުރުން
ޖަމިއްޔާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ޔޫތް މިނިސްޓްރީ އިން ބާއްވަނީ
ކޮވިޑް-19 އާއި ގުޅިގެން ޖަމިއްޔާތަކުން ރާވާފައިވާ ގިނަ ހަރަކާތްތައް ވަނީ ހުއްޓިފައި
މި ބައްދަލުވުން ކުރިޔަށްދާނީ ޒޫމް އެޕް މެދުވެރިކޮށް

ކޮވިޑް-19 އާއިއެކު މަދަނީ ޖަމިއްޔާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ޖަމިއްޔާތަކުން ކުރިޔަށް ރާވައިފައިވާ ހަރަކާތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަދަނީ ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އޮންލައިން ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ޔޫތް މިނިސްޓްރީއިން އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މަދަނީ ޖަމިއްޔާތަކުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ 11:00 ގައި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންhttps://bit.ly/2EIUZKiމި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

ޔޫތް މިނިސްޓްރީ އިން ބުނީ މި ބައްދަލުވުމުގައި ވީހާ ވެސް ގިނަ ޖަމިއްޔާތަކުން ބައިވެރިވުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ޔޫތް މިނިސްޓްރީ އިން ބުނީ މި ބައްދަލުވުން ކުރިޔަށްދާނީ ޒޫމް އެޕް މެދުވެރިކޮށް ކަމަށެވެ.

ޔޫތް މިނިސްޓްރީ އިން ޖަމިއްޔާތަކާއެކު އަންގާރަ ދުވަހު ބައްދަލު ކުރުަމަށް ނިންމާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ޖަމިއްޔާތަކުން ރާވާފައިވާ ގިނަ ހަރަކާތްތައް ވަނީ ހުއްޓިފައެވެ.

- ކޮމެންޓް