ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތުގައި އެމްޑީޕީގެ ކެމްޕެއިން ޓީމް ތ. ގާދިއްފުށްޓަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ގާދިއްފުއްޓަށް ދިޔުމުން ޓީމަށް މަރުހަބާ ކިޔާފައިވަނީ އެމްޑީޕީއަށް ސަޕޯޓްކުރާ ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތަކުންނެއެވެ.
ގާދިއްފުށީ ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނާ މިޓީމުން ވަނީ ބައްދަލުކޮށްފައެވެ. އަދި ގާދިއްފުށީގައި ކެމްޕެއިން ކުރިއަށްދާ ގޮތް ބެލުމަށްޓައި ކެމްޕެއިން މެނޭޖަރެއް ވެސް ވާނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނާ ބައްދަލުކޮށް ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާއާއި ލަފާ ދީފައި ވެއެވެ. އަދި ގާދިއްފުށީގައި ވަނީ ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާ ވެސް ބައްދަލުކޮށްފައެވެ.
ތ. އަތޮޅަށް ކުރަމުން ގެންދާ ހަތަރު ދުވަހުގެ ކެމްޕެއިން ދަތުރުގައި މިޓީމުން އިއްޔެ ވަނީ ހިރިލަންދޫ އަދި ތިމަރަފުއްޓަށް ގޮސްފައެވެ. އަދި މިޓީމުން މިއަދު މެންދުރު ފަހު ތ. ގުރައިދޫއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާ މިރޭ އޮންނާނީ ތ. ވިލިފުށީގައެވެ. އެމްޑީޕީ ޓީމަށް ތ. އަތޮޅުން ހޫނު މަރުހާބައެއް ކިޔާފައިވާކަން ފާހަގަކުރެވެއެވެ.