ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 14:12
ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން
ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ދަރަނބޫދޫ ބަނދަރު
ދަރަނބޫދޫ ބަނދަރުގެ 22 އިންސައްތަ މަސައްކަތް ނިންމާލައިފި
ދަރަނބޫދޫ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިންމާލާފައި
މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މެއި 27 ގައި
މަޝްރޫއަށް 38.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން ބުނޭ

ފ. ދަރަނބޫދޫ ބަނދަރުގެ 22 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން މިއަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ފަށާފައިވާއިރު، މި މަޝްރޫއަށް 38.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އެމްޓީސީސީ އިން ދަނީ ދަރަނބޫދޫގެ އިތުރުން ރާއްޖޭގެ އިތުރު ރަށްތަކުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ހދ. ނެއްލައިދޫ ބަނދަރާއި، ލ. މާވަށު ބަނދަރާއި ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް