ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 08:08
އދ. އޮމަދޫ - މި ރަށުން 1 ދިވެއްސަކު ވަނީ ޕޮޒިޓިވްވެފައި
އދ. އޮމަދޫ - މި ރަށުން 1 ދިވެއްސަކު ވަނީ ޕޮޒިޓިވްވެފައި
ޔޫޓިއުބް
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މާލެ ފިޔަވާ ރާއްޖޭގެ 32 ރަށަކަށް ކޮވިޑުގެ ކޭސްތައް ވަނީ ފެނިފައި
މި ރަށްތަކުން ޖުމްލަ 64 މީހުން ވަނީ ޕޮޒިޓިވްވެފައި
އޭގެ ތެރޭގައި 58 ދިވެހިންނާއި 6 ބިދޭސީން ހިމެނޭ
މީގެ އިތުރުން ރާއްޖޭގެ 10 ރިސޯޓަކުން ވަނީ ކޮވިޑުގެ ކޭސްތައް ފެނިފައިވޭ

އަންގާރަ ދުވަހުގެ އިރުއޮއްސި 06:00 ޖެހުމާއި ހަމައަށް މާލެ ފިޔަވާ ރާއްޖޭގެ 32 ރަށަކުން ކޮވިޑުގެ ކޭސްތައް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑުގެ ކޭސްތައް ފެނިފައިވާ މި ރަށްތަކުން ޖުމްލަ 64 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 58 ދިވެހިންނާއި 6 ބިދޭސީން ހިމެނެއެވެ. އެކަކު ފިޔަވާ ދެން ތިބި އެންމެން ވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ 14 ދުވަހުގެ ހޯމް ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.

ކޮވިޑުގެ ކޭސްތައް ވަނީ ފެނިފައިވާ ރަށްތަކުގެ ތަފްސީލު:

  1. ކ. މާފުށި (2 ދިވެހިން)
  2. ކ. ގުޅި (1 ދިވެއްސަކު)
  3. ކ. ތުލުސްދޫ (2 ދިވެހިން)
  4. ކ. ހިންމަފުށި (3 ދިވެހިން)
  5. ކ. ދިއްފުށި (1 ދިވެއްސަކު)
  6. ކ. ގުރައިދޫ (1 ދިވެއްސަކު)
  7. ރ. އިނގުރައިދޫ (1 ދިވެއްސަކު)
  8. ރ. ދުވާފަރު (4 ދިވެހިން)
  9. ރ. ކިނޮޅަސް (1 ބިދޭސީއެއް)
  10. ރ. ހުޅުދުއްފާރުން (2 ދިވެހިން)
  11. ސ. ފޭދޫ (3 ދިވެހިން)
  12. ސ. ހިތަދޫ (4 ދިވެހިންނާއި އެއް ބިދޭސީއެއް)
  13. ސ. މަރަދޫ (1 ބިދޭސީއެއް)
  14. ފ. ނިލަންދޫ (7 ދިވެހިން)
  15. ހދ. ކުރިންބީ (1 ދިވެއްސަކު)
  16. ނ. މިލަދޫ (2 ދިވެހިން)
  17. އދ. މާމިގިލި (1 ދިވެއްސަކު)
  18. އދ. އޮމަދޫ (1 ދިވެއްސަކު)
  19. ވ. ކެޔޮދޫ (1 ބިދޭސީއެއް)
  20. ވ. ތިނަދޫ (2 ދިވެހިން)
  21. ތ. މަޑިފުށި (1 ދިވެއްސަކު)
  22. ތ. ވިލުފުށި (1 ދިވެއްސަކު)
  23. ތ. ތިމަރަފުށި (1 ދިވެއްސަކު)
  24. ތ. އޮމަދޫ (4 ދިވެހިން)
  25. ޅ. ހިންނަވަރު (2 ދިވެހިން)
  26. ލ. ގަން (1 ދިވެއްސަކު)
  27. ދ. ރިނބުދޫ (5 ދިވެހިން)
  28. ފ. ދަރަނބޫދޫ (1 ބިދޭސީއެއް)
  29. މ. މުލައް (3 ދިވެހިން)
  30. ބ. އޭދަފުށި (1 ދިވެއްސަކު)
  31. ފ. ބިލެއްދޫ (1 ދިވެއްސަކު)
  32. ގއ. ވިލިނގިލި (1 ދިވެއްސަކު)

ޕޮޒިޓިވްވި މީހުންގެ ތެރެއިން ރ. ދުވާފަރުން މި ވައިރަސްއަށް ޕޮޒިޓިވްވި އުމުރުން 82 އަހަރުގެ މީހަކަށް ދަނީ ބ. އޭދަފުށީގައި ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލީޓިންނެވެ. ދެން ތިބި އެންމެން ވަނީ ހޯމް އައިސޮލޭޓް ކޮށްފައެވެ.

32 ރަށަކުން ކޮވިޑުގެ ކޭސްތައް ފެނިފައިވާއިރު ރާއްޖޭގެ 10 ރިސޯޓަކުން ވަނީ ކޮވިޑުގެ ކޭސްތައް ފެނިފައެވެ. އެ 10 ރިސޯޓުން 23 މުވައްޒަފަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 9 ފަތުރުވެރިޔަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

- ކޮމެންޓް
26 އޯގަސްޓް 2020 | ބުދަ 10:57
ޢަލީސް
ޚަބަރު ލިޔުންތެރިޔާ.. ސިމާހާއަށް... ޚަބަރު އަޕްލޯޑު ކުރެއްވުމުގެ ކުރިން ލިޔުމުގައި ހުރި އިމްލާ ކުށްތައް ޗެކުކޮށްލާނަމަ.. ޕްރޫޕް ބަލާ މީހެއް ނުހުރޭތޯ..