ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 00:38
ލ. ފޮނަދޫގައި ފެން ބޮޑުވުމުން އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނިކޮށް
ލ. ފޮނަދޫގައި ފެން ބޮޑުވުމުން އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނިކޮށް
އެމްއެންޑީއެފް
ލ. ފޮނަދޫގައި ފެން ބޮޑުވުން
ލ. ފޮނަދޫގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ
ފޮނަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑު ވުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ލ. ކައްދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން

މެދު ރާއްޖެ ތެރެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލ. ފޮނަދޫގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ފޮނަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ލ. ކައްދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ، މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިތުރަށް ބުނީ ވައި ޖެހޭނީ ހުޅަނގުއުތުރާއި އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

- ކޮމެންޓް