ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 22:41
މި ފަހަކަށް އައިސް ގިނައިން ޕޮޒިޓިވްވަނީ ދިވެހިން
މި ފަހަކަށް އައިސް ގިނައިން ޕޮޒިޓިވްވަނީ ދިވެހިން
ރާއްޖެ އެމްވީ
ކޮވިޑް-19 ގެ ކޭސްތައް
އަދަދުތައް ދަށެއް ނުވޭ، ޕޮޒިޓިވް ކޭސްތަކުގެ އަދަދު 7000 އިން މައްޗަށް
ކޭސްތަކުގެ އަދަދު ދަނީ އިތުރުވަމުން
ގިނައީ ދިވެހިން
4439 މީހަކު ވަނީ ބަލިން ފަސޭހަވެފައި

އިތުރު 135 މީހުން ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު 7047 އަރައިފިއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ 109 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހުންނާއި އިންޑިއާގެ އަށްމީހުންނާއި މިސްރުގެ ދެ މީހުންގެ އިތުރުން ނޭޕާލުގެ އެކަކުއެވެ. ހޯމަ ދުވަހު ހަޔަކުން އަންގާރަ ދުވަހު ހަޔަކާއި ހަމަޔަށް ޕޮޒިޓިވް ކޭސްތަކުގެ ތެެރެއިން 126 ކޭސް އަކީ މާލެ ސަރަހައްދުން ރިޕޯޓް ކުރެވިފައިވާ ކޭސްތަކެެވެ. އަދި ނުވަ ކޭހެއް ރިޕޯޓް ކުރެވިފައިވަނީ އަތޮޅު ތެރެއިންނެވެ.

މިއަދަދުތަކާއިއެކު ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 7،047ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އުޅޭނީ 2580 ގައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑަށް 105،855 ޓެސްޓު ވަނީ ކޮށްފައެވެ. މި ވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 173 އެވެ. މިހާތަނަށް މިބަލި ޖެހުނު މީހުންގެ ތެރެއިން 4439 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖޭގައި ކޮވިޑުގެ ފެތުރޭ މިންވަރު ކޮންޓްރޯލް ކުރަން ގިނަ މަސައްކަތްތަކެއް ކުރިޔަސް އެކަމަށް މާ ބޮޑު ކުރިއެރުމެއް ނުލިބި ކޭސްތަކުގެ އަދަދު ދަަނީ ދުވަހެއް ދުވަހަކަށް އިތުުރުވަމުންނެވެ.

- ކޮމެންޓް