ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 23:24
ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާާތަކެއްޗާއެކު ނައިފަރުން ދެ ކުދިން ހައްޔަރުކޮށްފި
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވޭ
18 އަހަރުން ދަށުގެ މިދެކުދިން ހައްޔަރު ކުރީ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

މަސްތުވާާތަކެއްޗާއެކު ޅ. ނައިފަރުން ދެ ކުދިން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނައިފަރުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ނައިފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުގެ 07:30 އެހައިކަންހާއިރު ހިންގި އޮޮޕަރޭޝަނުގައި އެ ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް
27 އޯގަސްޓް 2020 | ބުރާސްފަތި 02:41
1828
ތިއީ ކުޑަކުދިން ކުރާކަހަލަ ކަންކަމެއް ނޫން