ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 08:53
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
އެސްޓީއޯ
ކޮވިޑް-19، ރާއްޖެ
ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ، މިއީ 28 ވަނަ މަރު
މިވަގުތު ފަރުވާ ދެމުން ދަނީ 2588 މީހަކަށް
މީގެ ތެރެއިން 171 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން
ނިޔާވެފައިވަނީ ފިރިހެނެއް

ކޮވިޑް-19 ޖެހިގެން އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ އޭނާ ނިޔާވީ ފަތިހު 05:11 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 28ށް އަރާފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ފަރުވާ ދެމުން ދަނީ 2588 މީހަކަށެވެ. އަދި މީގެ ތެރެއިން 171 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ރާއްޖެ އިން 6912 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދަކީ 4297 އެވެ.

- ކޮމެންޓް