ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 21:23
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޓްވިޓަރ
ފޮރިން މިނިސްޓްރީ
ކޮވިޑް-19 އާއި ގުޅިގެން ފޮރިން މިނިސްޓްރީން ހަރަދު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް
ކޮވިޑް-19 އާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ވަނީ ޖުމްލަ 7،266،467 ރުފިޔާ ހަރަދު ކޮށްފައި

ކޮވިޑް-19 އާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ކޮށްފައިވާ ހަރަދުތަކަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި، އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ސޮއި ކުރައްވާ ނެރުއްފައިވާ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން 1 ޖަނަވަރީ އިން 30 ޖޫން 2020 ގެ ނިޔަލަށް ކުރި ހަރަދު ކަމަށް "ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓާއި އެ ފައިސާ ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ހިމަނާފައިވާ ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ، ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އަދި ހަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓް އޮފީހުން ދެކޭ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ވަނީ ޖުމްލަ 7،266،467 (ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ހަ ހާސް ހަތަރު ސަތޭކެ ފަސްދޮޅަސް ހަތެއް) ރުފިޔާ ހަރަދު ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ކޮށްފައިވާ ހަރަދުތައް އެކުލެވިގެން ވަނީ މައިގަނޑު ތިން ބަޔަކަށެވެ.

  1. ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހީންނަށް ދެވުނު ފައިސާގެ އެހީ ( މި ހަރަދުތައް ކޮށްފައިވަބީ ޒަކާތު ފަންޑުން 3 މިލިއަން ރުފިޔާ އަދި މިނިސްޓްރީގެ ބަޖެޓުން )
  2. ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ދާއިރާއިން ތައުލީމު ހާސިލްކުރުމަށް ދިޔަ ދިވެހީންނާއި އިތުރު ދިވެހި ރައްޔިތުން އަނބުރާ ރާއްޖެ ގެނައުމަށް ހިނގި ޓިކެޓްގެ ހަރަދު
  3. ކޮވިޑާއި ގުޅިގެން ކުރެވުނު އެހެނިހެން ހަރަދުތައް
- ކޮމެންޓް