ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 15:10
ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރަފީޢު ހަމަޖައްސަވައި، ލިޔުން ހަވާލުކޮށްދެވަނީ
ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރަފީޢު ހަމަޖައްސަވައި، ލިޔުން ހަވާލުކޮށްދެވަނީ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ
ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރަފީޢު ހަމަޖައްސައިފި
ކޯޓުތަކުގައި އިދާރާ އެންމެ އިސް މުވައްޒަފަކީ ޗީފް އެޑްމިނިސްޓްރޭޓަރ

ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ލ. މާވަށް، ވިކްޓަރީހައުސް، ޙުސައިން ރަފީޢު ހަމަޖައްސައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ، ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް، ޙުސައިން ރަފީޢު ހަމަޖައްސާފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށެވެ.

ޙުސައިން ރަފީޢު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ހަމަޖެއްސި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވަގުތީ ގޮތުން ހިންގުމާއި ޙަވާލުވެހުންނެވި ޑރ. މަރްޔަމް ޝަހްނީޒާ ނަޞީރެވެ.

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް ގެނެވުނު 2 ވަނަ އިސްލާޙަށް އިތުރު ކުރެވުނު 21-1 ވަނަ މާއްދާގެ (ރ)ގެ 1 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާޢިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ކޯޓުތަކުގެ އިދާރީ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ޓަކައި، ކޯޓުތަކުގައި ޗީފް އެޑްމިނިސްޓްރޭޓަރެއް ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

- ކޮމެންޓް