އެމްޑީޕީން ތ.އަތޮޅަށް ކުރަމުންދާ ދަތުރުގައި އެ އަތޮޅުގެ ވޭމަންޑޫގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކޮށް ދޮރުން ދޮރަށް ހިނގައިފި އެވެ.
މިބައްދަލުކުރުމުގައި އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ތިން ކެންޑިޑޭޓުން ވަނީ ބައިވެރިވެފައެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރި ތިން ކެންޑިޑޭޓުން ވެސް ގޮނޑި ކާމިޔާބު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގައި މިހާރު ކުރިއަށްދާ ހކެމްޕެއިން އިތުރަށް ވަރުގަދަ ކުރުމަށް ޝިފާޒް އެދިވަޑައިގެންނެވި އެވެ.
މިބައްދަލުވުމުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިން ވާހަކަދެއްކެވި އެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ ގޮތުން ދޮރުން ދޮރަށް ހިނގާފައިއެވެ. މިބައްދަލުވުން ތަކުގައި މިސަރުކާރާއި މެދު ރައްޔިތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ވޭމަމްޑޫގައި ވަނީ އެމްޑީޕީއަށް މެންބަރުން އިތުރު ކުރުމަށް ފޯމްވެސް ފުރާފައެވެ. މިދަތުރުގައި ކޮންމެ ރަށަކުންވެސް މެމްބަރޝިޕް އިތުރު ކުރުމަށް ފޯމު ފުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ ތިމަރަފުށީގައެވެ.