Advertisement
ކ. މާލެ
|
14 އޭޕްރިލް 2017 | ހުކުރު 17:35
އެމްޑީޕީން ވޭމަންޑޫގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރުން
އެމްޑީޕީން ވޭމަންޑޫގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރުން
ރާއްޖެ އެމްވީ
އެމްޑީޕީ ކެމްފޭންގައި
އެމްޑީޕީގެ ޓީމް ހިރިލަންދޫއާއި ވޭމަންޑޫއަށް ޒިޔާރަތްކޮށްފި
އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާ އޮންނާނީ މިރޭ ތިމަރަފުށީގައި
މިއީ ހަތަރު ދުވަހުގެ ކެމްޕެއިން ދަތުރެއް
ރޭ ޖަލްސާ އޮތީ ކިނބިދޫގައި

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތުގައި އެމްޑީޕީން ތ.ހިރިލަންދޫ އާއި ވޭމަންޑޫއަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

 

ތ.އަތޮޅަށް ކުރަމުން ގެންދާ ހަތަރު ދުވަހުގެ ކެމްޕެއިން ދަތުރުގައި މިޓީމް ހިރިލަންދޫއަށް ގޮސްފައިވަނީ ރޭ ދަންވަރު އެވެ. 

 

މިޓީމުން ވަނީ ހުކުރު ދުވަހުގެ ހެނދުނު ހިރިލަންދޫއިން ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ތިން ކެންޑިޑޭޓުންނާއި ބައްދަލުކޮށްފައެވެ.

 

އަދި ހިރިލަންދޫގައި ކެމްޕެއިން ކުރިއަށްދާ ގޮތް ބެލުމަށްޓައި  ކެމްޕެއިން  މެނޭޖަރެއްވެސް ވާނީ ހަމަޖައްސާފައެވެ. 

 

ވޭމަންޑޫގައިވަނީ ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އަދި ވޭމަންޑޫއިން ކައުންސިލް އިންތިހާބަަށް ވާދަކުރާ ކެންޑިޑޭޓުންނާއި ވަނީ ބައްދަލުކޮށް ކެންޕެއިން ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާއާއި ލަފާ ދީފައެވެ.

 

އެމްޑީޕީން މި ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާ އޮންނާނީ ހުކުރުދުވަހުގެ ރޭ ތިމަރަފުށީގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް