ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 09:36
ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް ވަނީ ލ.ފޮނަދޫއަށް ގެންގޮސްފައި
ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް ވަނީ ލ.ފޮނަދޫއަށް ގެންގޮސްފައި
އެމްޓީސީސީ
ލ.ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއު
ލ.ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 62 އިންސައްތަ މަސައްކަތް ނިމިއްޖެ
މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ
އެރަށު މަގުތަކުގެ 3.5 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާނެ
މިއީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެއް

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 62 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، މިހާރު 62 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން އެ ރަށު މަގުތަކުގެ 3.5 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް ވަނީ އޮގަސްޓް 13 ގައި ގެންދެވިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މަގުގައި ހުރި ގާތައް ނެގުުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި އަދި ސަބް ގްރޭޑިންގް މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ފޮނަދޫގެ 12 މަގެއްގައި 27,848 އަކަ މީޓަރު ތާރު އަޅާނެ ކަމަށާއި މިއީ 3.5 ކިލޯ މީޓަރު ސަރަހައްދެއްކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަަމަށާއި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ.

- ކޮމެންޓް