ޓެކްސް ފާއިސާއިން ރައްޔިތުންނަށް އެއްވެސް ފާއިދާއެއް ނުވާ ކަމަށާއި ދައުލަތަށް ލިބޭ ފާއިސާއަށް ވާގޮތް ހޯދާނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
ތ. ކިނބިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ދައުލަތުގެ ފާއިސާއަށް ވާގޮތް ނޭނގޭ ކަމަށާއި މިފާއިސާ ހޯދާ ޙިޔާނާތްތެރިވެފައިވާ ނަމަ އެފަރާތްތަކަށް އެކަމުގެ ހައްގު އަދަބު ލިބޭނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް ވިދާޅުވަމުން ޝިފާޒް ވިދާޅުވީ، ނިޒާމްގެ ފޮނި މީރުކަން ހޯދުމަށް ރައްޔިތުން ބޭނުންވެފައިތިބި ކަމަށެވެ. އަދި ނިޒާމް ބީވެގެން ދިއުމަސް ރައްޔިތުން ނޭދެކަން އެމްޑީޕީން އަތޮޅު ތެރެއަށް ކުރަމުން މިދާ ދަތުރުތަކުންވެސް ހާމަވެގެންދާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
ރަށްރަށް ދަތުރުކުރުމުން ފެންނަ އެންމެ ބޮޑު ހަގީގަތަކީ ރައީސް އަބްދުﷲ ޔާމިން ކެމްޕެއިން ނުކުރައްވާތަން ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ތަފާތަކީ ރައްޔިތުންގެ ގާތަށް ގޮސް އަހާ އޮޅުން ފިލުވައިގެން ވޯޓް ހޯދާ ކާމިޔާބުކުރުން ކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި ރައީސް ޓީމުން ރަށަކަށް ޒިޔާރަތްކުރައްވައިފިނަމަ ފެންނަނީ ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ބަދަލުގައި އަމިއްލަފުޅަށް 2018 ގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމިންގެ ޕާޓީއަކުން ނެތް ކެންޑިޑޭޓަކު ނިކުމެފައި. ވަޒީފާގެ ބިރުދެއްކުން ރައީސް ޔާމިންގެ ފެކްޝަނުން ކުރަމުންދާ ކަމަކީ. ނުހައްގުން ޝަރީއަތް ހިންގަމުންގެންދާ ތަން މިފެންނަނީ" ޝިފާޒް ވިދާޅުވި އެވެ.