ދިވެހި ޕައިލެޓަކު ކުއްލި ގޮތަކަށް މަރު ވެއްޖެއެވެ.
ވިލާ އެއަރގެ ފްލައިމީގައި ޕައިލެޓެއްގެ ވަޒީފާ އަދާކުރާ ސ. ހިތަދޫ ކޯޒްވޭ ވިލާ، ސަނޫނު ނަސީރު (35އ) ކުއްލި ގޮތަކަށް މަރުވެފައި އޮތްވާ ފެނުނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 3:30 ހާއިރުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ މަރުވެގެން ވެއްޓިފައި އޮތްވާ ފެނުނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރިންނެވެ.
ފުލުހުންގެ ބުނީ، ހުޅުމާލޭގެ ފްލެޓެއްގެ ކައިރިއަށް މީހަކު ހޭނެތިގެން ވެއްޓިފައި ވާކަމުގެ މައުލޫމާތު ހުކުރު ދުވަހުގެ ރޭ ދަންވަރު 3:30 ހާއިރު ލިބުނު ކަމަށެވެ. އަދި އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކު، މަރުވާ މީހުންގެ ސާމްޕަލް ނަގައި ކޮވިޑް-19 އަށް ޓެސްޓް ކުރެއެވެ. މި އުސޫލުގެ ދަށުން ސަނޫނުގެ ސާމްޕަލް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އަދި ޓެސްޓްގެ ނަތީޖާ ނުލިބޭ ކަމަށް ވެއެވެ.
އެނގިފައިވާ ގޮތުގައި، ޒުވާން ޕައިލެޓް ސަނޫން ހުޅުމާލޭގައި ދިރިއުޅެނީ އޭނާގެ އާއިލާއާއެގައެވެ. އަންބަކާއި ކުޑަ ދަރިއަކު އޭނާގެ ހުރެއެވެ.