Advertisement
ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 08:03
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޕީޕަލް މެގަޒިން
އިދިކޮޅު ހަރަކާތް
ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން
42 މެމްބަރުންގެ ސޮއި ހަމަކުރާނަން
ގާނޫނީ ވަކީލުން ހައްގު ބަސް ބުނަންޖެހޭ
މި ދަނޑިވަޅުގައި މަސައްކަތް ނުކޮށްފި ނަމަ ގައުމު އަތެއް ނުވާނެ

ޤައުމަށްޓަކައި އަދި ޤާނޫނު އަސާސީ ހިމާޔަތް ކުރުމަށްޓަކައި ޤާނޫނީ ވަކީލުން ތެދުވާންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

 

އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުނޫޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަަސައްކަތް ކުރައްވާ އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި މިހާރުވެސް އެކި ގޮތްގޮތުން މަސައްކަތް ކުރާ 900 އެއްހާ ޤާނޫނީ ވަކީލުން އެބަތިބި ކަމަށާއި އެބޭފުޅުން ހައްގުބަސް ބުނާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

 

ޤާނޫނު އަސާސީ ދެ ފަހަރެއްގެ މަތިން މުގުރާލިއިރުވެސް ވަރަށް މަދު ޤާނޫނީ ވަކީލެއް ފިޔަވައި އެކަމާއި މެދު އެއްޗެއް ވިދާޅުވާ ތަނެއް ނުފެންނަ ކަމަށާއި ޤާނޫނީ ވަކީލުން މަޑުކުރަނީ ކޮން ބަޔަކު އައިސް މިޤައުމު ސަލާމަތް ކުރާނެ ކަމަށްތޯ އަލީ ހުސެއިން ވަނީ ސުވާލު އުފައްދަވާފައެވެ.

 

 

އޭނާގެ ވާހަކައިގައި ވިދާޅުވީ ހައްގުބަސް ނުބުނެ އިތުރަށް ލަސްކޮށްފި ނަމަ މިގައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި މިގައުމުގެ ސިޔާދަތާއި މިނިވަންކަން ގާދޫ ކޮލުން ބޭރަށް ނުދަނީސް މިގައުމު ސަލާމަތް ކުރަން ތެދުވަން ވެއްޖެ ކަމަށެވެ.  

 

 

ދިވެހި ސިފައިންނަށް ފުލުހުންނަށް އިޝާރާތްކޮށް އަލީ ހުސައިން ވިދާޅުވީ މިގައުމުގެ ކާބަފައިން ކުރި ޖިހާދު މަތިން ވިސްނާލަންޖެހޭއިރު، އެބޭފުޅުން ކޮށްގެންތިބި ހުވާގެ މަތީގައި ހަގީގީ މާނައިގައި ދެމިތިބެން ޖެހޭ ކަމަށެވެ. 

 

 

ޖަލުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މަޖީލީހަށް ހާޒިރު ނުކޮށް އުޅޭ ކޮންމެ ދުވަހަކީ ފުލުސް ކޮމިޝަނަރ ފުލުހުންގެ ޤާނޫނާއި ޚިލާފުވެފައިވާ ދުވަހެއް ކަމަށާއި އެހެން ކަމުން ޤާސިމް އިބްރާހިމް ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް އަލީ ހުސެއިން ވަނީ ފުލުހުންނަށާއި ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

 

 

ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބޭރުކުރުމަށްވުރެ ބޮޑަށް ދެކެން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީން ގޮނޑިން ފައިބާވަޑައިގަންނަވާ މަންޒަރު ބަލަން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ހުއްޓާލާނީ މަޖިލީހުގެ ޤަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހާއި އެއްގޮތަށް މަޖިލީހުގެ ރައީސް ބޭރުކުމަށް ހުށަހަޅަންޖެހޭ 42 މެމްބަރުންގެ ސޮއި ހަމަކޮށްފައި ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް