ކ. މާލެ
|
8 ޖުލައި 2020 | ބުދަ 18:56
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ
މުހައްމަދު ޝަރުހާން
މީރާ
މީރާއިން ޖީއެސްޓީ ޤާނޫނުގެ ދަށުން ހުށައަޅަންޖެހޭ 2 ބަޔާނަކަށް ބަދަލު ގެނެސްފި
މީރާ އަށް ހުށަހަޅަން ޖެހޭނީ ޖީއެސްޓީ ބަޔާނުގެ ވާޝަން 20.1

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ 2 ބަޔާނަކަށް ބަދަލު ގެނެސްފިއެވެ.

މީރާ އިން ބުނީ 205 ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީ ބަޔާން އަދި މީރާ 206 ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާންއަށް ބަދަލު ގެނެސްފައިވާ ކަމަށާއި ޖީއެސްޓީ ބަޔާނުގެ ފުރަތަމަ ސަފްހާގެ 8 ވަނަ އައިޓަމްކަމުގައިވާ "އަނބުރާ ނުލިބޭ ދަރަންޏަށް ނިސްބަތްވާ ޖީއެސްޓީގެ އަދަދު" ބަދަލުކޮށްފައިވާ ކަަމަަށެވެ.

މި އައިޓަމްގައި ރެޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ހިމަނަން ޖެހޭނީ އަނބުރާ ނުލިބޭނެ ދަރަންޏަށް ދައްކާފައިވާ ޖީއެސްޓީގެ އަދަދެވެ. ޖީއެސްޓީއަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މީރާ އަށް ހުށަހަޅަން ޖެހޭނީ ޖީއެސްޓީ ބަޔާނުގެ ވާޝަން 20.1 ކަމަށާއި މި ވާޝަން އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރޭވެނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކޭނެ ގޮތަށް ދާދިފަހުން ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އޭޕްރީލް އެކަކުން ސެޕްޓެމްބަރު 30 ދެމެދު ހިނގާ ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކިދާނެ ކަމުގައިވަނީ ކަނޑައަޅާފައެވެ.

- ކޮމެންޓް