މި ހަފުތާގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ދެމުންދާނީ އޮންލައިން އަދި ސެލްފް ސާވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ޚިދުމަތްތައް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
އެގޮތުގެ މަތިން، މާލެ ސަރަހައްދުން ބީއެމްއެލްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ބީއެމްއެލްގެ އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދުމަށް އެއް ދުވަސް ކުރިން ހުޅުވާލެވޭނެއެވެ.
ބީއެމްއެލްއިން ހަމައެކަނި އީމެއިލް މެދުވެރިކޮށް އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް
- ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން
 - ޕޭ ރޯލް ޚިދުމަތް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން)
 - ލޯކަލް ބޭންކް ޓްރާންސްފާ
 - މީރާއަށް ފައިސާ ދެއްކެމުގެ ޚިދުމަތް
 - ޕީއޯއެސްގެ ޚިދުމަތައް އެދި ހުށަހެޅުން
 
ބީއެމްއެލްއިން ހަމައެކަނި އޭޓީއެމް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތައް
- ނަގުދު ފައިސާ ޖަމާކުރުން
 - *ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ
 - *އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ
 - ޗެކު ޖަމާކުރުން
 
ބީއެމްއެލްގެ ގިނަ ޚިދުމަތްތަކެއް ބޭންކުގެ ބްރާންޗުތަކަށާއި ސާވިސް ސެންޓަރުތަކަށް ނުގޮސް ލިބޭނެ ގޮތް ހަމަޖައްސާފައިވަނީ ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައެވެ. ބީއެމްއެލްއިން ވަނީ ގޭގައި ތިބެގެން ބޭންކިންގ ޚިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ޚިދުމަތްތައް ބޭނުންކުރުމަށް ބޭންކުގެ ކަސްޓަމަރުން ގާތު އެދިފައެވެ.